May 3, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ޕީޕީއެމް

ކައްޒާބު ކިޔަނީ ކިޔަންވެގެން: ޑރ. ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Dec 15, 2025, 04:49 AM

ރައީސް މުހައްމަދު މުއިއްޒަށް ކައްޒާބު ކިޔަނީ ކިޔަންވެގެންކަމަށް ޕީއެންއެފްގެ ނައިބު ރައީސް، ޑރމުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

ޑރ.ޖަމީލް ވިދާޅުވީ ރައީސް މުއިއްޒަށް ކައްޒާބު ކިޔަނީ ކިޔަންވެގެންކަމަށާއި ވެރިކަން ހޯދަންވެގެން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުސްގޮނޑި ދައްކާފައި ހެދީ ހުސް ދޮގުކަމަށެވެ.

ބަޔަކު މީގެ ކުރިން އަދި މީގެ ފަހުންވެސް މިވަރުގެ ކައްޒާބެއް ނުދެކޭނެކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ. މި މަހުގެ 17 ވަނަ ދުވަހު ޕީއެންއެފް އިން ބޭއްވުމަށް ހަމަޖެހިފައިވާ "ރިސެޓު" ޖަލްސާ ބާއްވަން ޖެހެނީ މިފަދަ ސަބަބުތަކާއި ހެދިކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާއަކީ ޕީއެންއެފް އިން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު ޖަލްސާކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

މި ޖަލްސާއާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީން ބޭެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އެސްޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ މިއީ އެ ޕާޓީގެ ވަރަށް ހާއްސަ ހަރަކާތެއްކަމަށެވެ.

މި ޖަލްސާ ސަރުކާރުގެ ފަރާތްތަކުން ވެސް ހަޖަމުކޮށްލައިގެން ބެލުމަށް މަލީހު އެދިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved