theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ރިޕޯޓު
"ރައީސް ވިދާޅުވީ ޕްރައިމަރީ ނުބާއްވާވޭތޯ ބަލާށޭ" އެ ބުނީ ކީިކޭ؟
15 ޑިސެމްބަރު 2025

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ހޮވުމަށް އަންނަ އަހަރު ބާއްވާ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު ދެއްކެވި ވާހަަކައަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ޕްރައިމަރީއާއި ގުޅޭގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކައުންސިލް އިންތިޚާބަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި އަތޮޅުތަކުން ކުރިމަތިލައްވާ ފަރާތްތަކަށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވޯޓުލުމަށް، ވޯޓު ފޮށި މިފަހަރު ނުބަހައްޓާނެކަމަށެވެ.

މިހާ ހިސާބުން ޕާޓީގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިގެންދިިޔައެވެ. ރަށްރަށުގައި ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯތުދޭ ގިނަބަޔަކު މާލޭގައި ދިރިއުޅޭއިރު މިފަދައިން ކަންތައް ކުރުމުން މިއީ ބަޔަކަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. މާލޭގެ ވެސް އެކި ދާއިރާތަކުން ކައުންސިލަރުކަމަށް ކުރިމަތުލުމަށް ކެންޑިޑޭޓުން ޝައުގުވެރިކަން ފާޅުކުރަމުން އައި އިރު އިވިގެންދިޔައީ ޕްރައިމަރީގައި ގިނަ ބަޔަކު ވާދަކުރަން ނޫޅޭ ވާހަކައެވެ.

ހާއްސަކޮށް ރާއްޖެތެރޭ ވެސް ޝައުގުވެރިން ފާޅުކޮށްފައިވާ ފަރާތްތަކަށް ޕާޓީގެ އިސްފަޑީގެ ފަރާތުން ލިބެމުންދަނީ އެއް ޖަވާބެކެވެ. "ރައީސް ވިދާޅުވީ ޕްރައިމަރީއެއް ނުބާއްވާ ވޭތޯ ބަލާށޭ"އެވެ. ކިތަންމެ ޝައުގުވެރިކަން ހުރިނަމަވެސް ރައީސް އެފަދައިން ވިދާޅުވުމުން ޤާބިލު އެތައްބަޔަކު ވަނީ ފަސްޖެހިފައެވެ. މިކަމުގެ ސަބަބަބުން ޕާޓީގެ މަސްލަހަތު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ.

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީއަށް މެމްބަރުން ހޯދުމަށް މަޖުބޫރުކުރުވުމާއި ހުދުމުހުތާރު އެތައް ކަމެއް ޕީއެންސީން އަންނަނީ ކުރަމުންނެވެ.

އިންތިޚާބުގައި އެހެން ޕާޓީތަކުން ވެސް ޕްރައިމަރީ ބޭއްވުމަށް ނިންމާފާއިވާއިރު އެއްވެސް ބަޔަކު މިފަދަ ގަވައިދުތަށް ހަދައިގެން ބައެއްގެ ހައްގަކަށް އަރައިގަންނަ މަންޒަރެއް ނުފެނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved