February 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޑީސަލް ބޮވިގެން ފުއްޕާމޭއަށް ގެއްލުންވި ވެމްކޯ މުވައްޒަފު އަދިވެސް ވެންޓިލޭޓަރުގައި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 16, 2025, 12:37 AM
މާލެ ސިޓީ

ވެމްކޯގެ މުވައްޒަފެއްގެ ފުއްޕާމެޔަށް ޑީސަލް އެޅި، ސީރިއަސް ހާލަތެއްގައި އޭނާއަށް ފަރުވާދެމުން އަންނައިރު، މި މުވައްޒަފަށް އަދިވެސް އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

Advertisement

މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި އަނިޔާވީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ އިބްރާހިމް ޝާހު ނަމަކަށް ކިޔާ ފަރާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން އުޅުމުގެ ތެރޭގައި ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން ޑީސަލް ބޮވިގެން ކަމަށްވެއެވެ.

ޝާހަށް ފުރަތަމަ ފަރުވާދިނީ ގއ. ގެމަނަފުށީ ސިއްހީ މަރުކަޒުގަ އެވެ. އެއަށްފަހު އިތުރު ފަރުވާއަށް އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށްފަހު، މިހާރު ފަރުވާ ދެމުން އަންނަނީ މާލެ އައިޖީއެމްއެޗުގަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، އިބްރާހިމް ޝާހަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށާއި، އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އިބްރާހިމް ޝާހު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާދިނުމަށް އޭނާގެ އާއިލާއިން އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް މީގެކުރިން ވިދާޅުވެފައިވަނީ، އެ ހާދިސާ ހިނގި އިންޖީނުގޭގައި ތެޔޮ އަޅާނެ ރޭމްޕްތަކާއި ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެހެންނަމަވެސް، މަސައްކަތް އަވަސް ކުރަން އުޅުމުގެ ތެރޭގައި އެ މުވައްޒަފަށް މިކަން ދިމާވީ ކަމަށް މުޖުތަބާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved