March 1, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް!

Jan 13, 2026, 08:28 PM

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް ވެފައިވާކަން ހާމަވެއްޖެ އެވެ.

Advertisement

މިކަން ހާމަވީ ޕެންޝަނަށް ފައިސާ ދެއްކި ތާރީހާއި އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަފްރަހު އިސްމާއިލް ހުށަހެޅި އާރުޓީއައިއަށް ޖަވާބުގައި ޕެންޝަން އޮފީހުން ދިން މައުލޫމާތުންނެވެ.

ޕެންޝަން އޮފީހުން ދިން މައުލޫމާތު އެނގޭ ގޮތުގައި ވެމްކޯ އިން ޕެންޝަނަށް އެންމެފަހުން ފައިސާ ދައްކާފައި ވަނީ އޮކްޓޫބަރު 16، 2024 ގަ އެވެ. އޭގެފަހުން މި ފާއިތުވި 14 މަސްދުވަހު ވެސް ވެމްކޯއިން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެ އެވެ.

މީގެއިތުރުން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އެންމެފަހުން ޕެންޝަން އޮފީހަށް ފައިސާ ދައްކާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 18، ގަ އެވެ. އޭގެފަހުން މިދިޔަ ތިން މަސްދުވަހު ވެސް އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެ އެވެ.

ޕެންޝަނަށް ފައިސާ ނުދެއްކިޔަސް އެ ދެ ކުންފުނިން އަންނަނީ މުވައްޒަފުންގެ އަތުން ޕެންޝަނަށް ފައިސާ ކަނޑަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved