March 19, 2026
Advertisement
ސްޓެލްކޯގެ ހެޑް އޮފީސް
ސްޓެލްކޯގެ ހެޑް އޮފީސް / ކޯޕަރޭޓް މޯލްޑިވްސް

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 5, 2024, 03:26 AM
ހުޅުމާލެ ފޭސް 1

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯ އިން ބުނެފިއެވެ.

Advertisement

ކަނަރންޓު ކެނޑުމަށް މެދުވެރިވާނެ ސަބަބެއްކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވަނީ ކަަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލެ، ހަނދުވަރީ ހިނގުން ގޯޅި އެކެއް އަދި ދޭއް ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 10:00 އިން 11:00އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ބައެއް ސަރަހައްދުތަކުންވެސް ވަނީ އިއްޔެއާ މިއަދު ކަރަންޓު ކަނޑާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved