May 4, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ސަރުކާރު ކުންފުނިތަަކަށް ގެއްލުން ލިބެނީ މުއިއްޒު ސިޔާސީ ވަޒީފާ ދޭތީ: ޑރ. ޖަމީލް

Faina Faiz
ފައިނާ ފާއިޒް
Dec 16, 2025, 03:37 AM
މާލެ ސިޓީ

ސަރުކާރު ކުންފުނިތަަކަށް ގެއްލުން ލިބެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ވަޒީފާ ދޭތީ ކަމަށް ޕީއެންއެފްގެ ނައިބު ރައީސް، ޑރމުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓޭއްގައި ޑރ. ޖަމީލް ވިދާޅުވީ، ސަރުކާރު ކުންފުނިތަކަށް އެތަކެއް މިލިއަނުން ގެއްލުން ލިބެމުންދަނީ މުއިއްޒު އެތަންތަނަކީ ސިޔާސީ ވަޒީފާ އުފައްދާ ތަންތަނަށް ހެދުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

އެތައްހާސް ބޭކާރު ވަޒީފާތަކަކީ ބައްޕާފުޅު މަރްޙޫމް ޙުސައިން ޢަބްދުއްރަޙްމާނުގެ ތަރިކައިން ދޭ މުސާރަ ނޫންކަމަށްވެސް ޑރ. ޖަމީލް ވަނީ މުއިއްޒަށް ހަނދާންކޮށްދީފައެވެ.

އެއީ ބުރަ މަސައްކަތްކުރާ ޓެކްސްޕޭޔަރުންގެ ފައިސާކަން ގަބޫލްކޮށް މިއަނިޔާ ޓެކްސްދައްކާ ރައްޔިތުންނަށް ދިނުން ހުއްޓާލުމަށް ރައީސް މުއިއްޒުއަށް ޑރ. ޖަމީލް ވަނީ ނަސޭހަތްތެރިވެފައިއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުފެވައި ވަނީ މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ސަރުކާރު ހިއްސާވާ 12 ކުންފުންނި ހިންގީ ބޮޑު ގެއްލުމެއްގައި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ދެއްކުމުންނެވެ.

ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި މިވަނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved