April 18, 2026
Advertisement
.
. / ރައީސް އޮފިސް

ކުއްލިއަކަށް "ވިޔަފާރިވެރިން" މަތިން ހަނދާންވީ "ރީސެޓްވާތީ" : މަލީހް

Yana Shareef
ޔާނާ ޝަރީފް
Dec 17, 2025, 12:07 AM

ކުއްލިއަކަށް ވިޔާފާރިވެރިންމަތިން ރައީސް މުހައްމަދު މުއިއްޒު ހަނދާންވީ "ރިސެޓް" ވާތީކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްްޖެއެވެ.

Advertisement

ޕީއެންއެފްގެ އެންމެ ބޮޑު އެއް އިވެންޓުކަމަށްވާ ރީސެޓް ބޭއްވުމަށް ބުދަ ދުވަހުގެ ރޭ ހަމަޖެހިފައިވާއިރު މިކަމާ ދިމާކޮށް ރައީސް މުއިއްޒު ބުދަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާ ބައްދަލުކުރަން ވަނީ ނިންމާފައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މަލީހު ވަނީ ރައީސް މުއިއްޒަކީ ވިޔަފާރިވެރިންނާ އެންމެ ބީރައްޓެހި ވެރިޔާކަމަށް ވިދާޅުވެފައެވެ.

މިއީ ވިޔަފާރިތަކާއި އެންމެ ބީރައްޓެހި ސަރުކާރުކަމަށާއި 2 އަހަރު ވިއިރު ވިޔަފާރިތައް ކުރިއަރުވަން ކުރި ކަމެއް ނެތްކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ވިޔަފާރިތަކަށް ބޭންކް ބަންދުކަމަށާއި ބޭންކު ރޭޓުގައި ޑޮލަރު ނުލިބޭކަމަށެވެ. ޓެކްސްވީ ބޮޑުކަމަށާއި ލޭބަރ ކޮސްޓްވީ މަތިކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.

ކުއްލިއަކަށް ވިޔަފާރިވެރިން މަތިން ހަދާންވީ ރީސެޓް ވާތީކަމަށް ވިދާޅުވެ މަލީހު ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved