March 20, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

ރައީސް ޔާމީން ޖަލްސާއެއް ބާއްވަން އުޅުއްވާއިރަށް ހަޖަމުގެ މަައްސަލަ މުއިއްޒަށް ދިމާވޭ: ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 17, 2025, 03:04 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލްސާއެއް ބާއްވަން އުޅުއްވާއިރަށް ހަޖަމުގެ މަައްސަލަ މުއިއްޒަށް ދިމާވަނީތޯ ޑރ މުހައްމަދު ޖަމީލް އަހްމަދު ސުވާލު އުފައްދަވައިފިއެވެ.

Advertisement

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ޑިސެމްބަރު 17 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އެންމެ ބޮޑު އެއް ޖަލްސާ "ރީސެޓް" ބޭއްވުމަށް އިއުލާންކޮށްފައިވަނިކޮށް އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާތަނަށް ކަަރަންޓު ދޭން ސްޓެލްކޯ އިން މިރޭ ދެކޮޅު ހެދުމާއި ގުޅިގެން އެ ޕާޓީގެ ނައިބު ރައީސް ޑރ ޖަމީލް ވަނީ މުއިއްޒަށް ބޮޑެތި ފާޑުކިޔުން އަމާޒުކުރައްވާ ޕޯސްޓްކުރައްވާފައެވެ.

މިގޮތުން، ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރޮންޓް އޮފީސް ޖަލްސާތަކަކީ ކަމެއް ނޫން ކަމަށް މުއިއްޒުގެ ބޮޓުންތައް ކަމަށްވާ މެންބަރު ފަލާޙާއި ޝުޖާއުމެން ފަދަ ބޭފުޅުން ލައްވާ ބުނުވަމުންދާއިރު މިރޭ ފެނިގެން މިދިޔަ މަންޒަރަކީ ޙަގީގަތުގަތުގައިވެސް ރައީސް ޔާމީން ދެކެ މުއިއްޒު ޖެހިލުންވާ ކަން ކަމުގައި ޖަމީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒަކީ ދިވެހި ތާރީޚުގައި ނުފެންނަފަދަ ޚަސީލަތް ނުބައި މީހެއް ކަމަށާއި އިޙްސާންތެރިކަމުގެ ބަދަލު ދޭން ނޭނގުނު ދުރޫސުލް އަޚްލާގު ނުކިޔަވާހުރި މީހެއް ކަމަށް ޑރ ޖަމީލް ވަނީ ސިފަކުރައްވާފައެވެ.

ޕިއެންއެފްގެ ރީސެޓް ޖަލްސާއަކީ ސަރުކާރުން ކުރާ ނޭދެވޭކަންކަން ރީސެޓްކުރުމަށްކަމަށްބުނެ ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާއަށް ގިނަ ބަޔަކަށް އެ ޕާޓީން ވަނީ ދައުވަތުވެސް އަރުވާފައެވެ.

ޕީއެންއެފްއިން ބާއްވާ ސިލްސިލާ ޖަލްސާތަކަށްވެސް ރައްޔިތުންގެ ބޮޑު ތަރުހީބެއްވެސް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved