March 16, 2026
Advertisement
.
. / ރައީސް އޮފިސް

ވިޔަފާރިވެރިން ކައިރިން ރައީސް މުއިއްޒު ނިކުމެވަޑައިގަންންޖެހުނީ ލަދުން!

Yana Shareef
ޔާނާ ޝަރީފް
Dec 18, 2025, 04:37 AM

ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބޭ ކަމުގެ ޝަކުވާގެ އިތުރުންވެސް ހުރި ކަންބޮޑުވުންތަށް ރައީސް މުހައްމަދު މުއިއްޒުގެ ކުރިމައްޗަށް ވިޔަފާރިވެރިން ބަންޑުންކޮށްފިއެވެ.

Advertisement

ފިނޭންސް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން ވެސް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ވަނީ ކޮށްފަ އެވެ. ސަރުކާރުން ފައިސާ ނުދިނަސް އެ ކުންފުނިތަކުން ބަރާބަރަށް ޓެކްސް ދައްކަންޖެހޭ ކަމަށާއި ޓެކްސް ނުދައްކައިފިނަމަ ފިޔަވަޅު ވެސް އަޅާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފައިވެއެވެ.

ސަރުކާރު ކުންފުނިތަކުން ފައިސާ ނުދޭތީ، އަމިއްލަ ކުންފުނިތަކުން ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރު ކުންފުނިތަކުން ދައްކަންހުރި ފައިސާ އިން ކެނޑޭނެގޮތެއް ހަމަޖައްސައިދިނުމަށް ވެސް ވިޔަފާރިވެރިޔަކު ހިޔާލު ދެއްވި އެވެ.

މީގެއިތުރުން ޑޮލަރުގެ ރޭޓް މިހާރު ހުރީ އަތްނުފޯރާފަށުގައި ކަމަށް ވެސް ވިޔަފާރިވެރިން ބުނެފައިވެއެވެ.

މީގެއިތުރުން ވިޔަފާރިވެރިއަކު ވަނީ ސަރުކާރުގެ އައިނު ފިހާރަ ހިންގަނީ ލަންކާ ބައެއްްކަމަށް ތުހުމަތުކޮށްފައެވެ.

ވިޔަފާރިވެެރިން ކައިރިއަށް ދެ އަހަރު ފަހުން ވަޑައިގަތީ ވިޔަފާރިވެރިންގެ ހައްގުތަކަށް ފައިން އެރުމަށްފަހުކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved