theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
ފަހަތަށް ހިނގުމުގެ ހުނަރު މި ސަރުކާރުން ވަނީ ހާޞިލުކޮށްފައި: ރައީސް ޔާމީން
Aiminath Zawjah
އައިމިނަތް ޒަޢުޖާ
18 ޑިސެމްބަރު 2025
މާލެ ސިޓީ

މިހާރުގެ ސަރުކާރުން ވަނީ "ފަހަތަށް ހިނގުމުގެ ހުނަރު" ހާސިލުކޮށްފައި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެ ސަރުކާރަށް ފާޑުކިޔުއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފް އިން މިރޭ ބޭއްވި "ރީސެޓް ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސް، ގައުމު ކުރިއަށް ނުގޮސް ފަހަތަށް ހިނގަމުންދާ ކަމަށާއި "ޔުނިފޯމު އަޅައިގެން ފަހަތަށް ބޭން ޖަހާނެ ގޮތެއް" މި ސަރުކާރުން ވަރަށް ރަނގަޅަށް ދަސްކޮށްފައިވާކަމަށެވެ.

އެމަނިކުފާނު ވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ދޮގުތައް ރައްޔިތުންނަށް އިނގޭކަމަށާއި، ރައީސް މުއިއްޒު ހައްދަވާ ދޮގުތަކާއި، އާންމުކުރައްވާ ހިސާބުތައް ރިސާޗްކުރާ އެތައް ބަޔަކު މިހާރު އުޅޭކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ކޮންމެ އަވަށަކަށް ދުރުވާއިރު، ކުޑަކުއްޖެއްގެ އަތުން، ޒުވާން އަންހެން ކުދިންގެ އަތުން ނުވަތަ ހަރު އުމުރުފުރައިގެ މީހެއްގެ އަތުން ވިޔަސް، ރައީސް "ބޭނި ހުސްވަނީ" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސަކު ރައްޔިތުންނާ ހަމައަށް ދިޔާމާ ވަ ބަޝީރުން ވަ ނަޒީރުން (އުފާވެރި ޚަބަރުދެނިވި ފަރާތަކަށް) ވާން ޖެހޭނެ ކަމަށާއި ނަމަވެސް، ފެނިގެންދަނީ ރައްޔިތުންގެ ސުވާލުތަކަށް ނުވަތަ ކަންބޮޑުވުންތަކަށް ރައީސަށް ޖަވާބެއް ނުދެއްވޭ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަވަށަކަށް ވަޑައިގަންނަވާއިރު ފެންނަނީ ކޮންމެވެސް ކުޑަކުއްޖެއް އަތުން، ކޮންމެވެސް ޒުވާން އަންހެން ކުއްޖެއްގެ އަތުން ނުވަތަ ހަރު އުމުރުފުރައިގެ މީހެއް އަތުން ބޭނޭ މަންޒަރު، ދެ އަހަރުކޮށްލާފަ ރައްޔިތުން ކައިރިއަށް ދާއިރު ރައީސަށް އިގެންވާނެ ދާއިރާގެ މައްސަލަތައް، އަދި ދެ އަހަރު ކޮށްލާފައެއް ނޫން ރައްޔިތުންނާއި ބައްދަލުކުރަންޖެހޭނީވެސް، އެއީ ގާތުން ވެރިކަން ކުރުމެއް ނޫން.

- ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސަކު ރައްޔިތުންނާ ދެ އަހަރު ފަހުން ބައްދަލުކުރައްވާއިރު، އެމަނިކުފާނުގެ "ފިންގާޓިޕްސް" ގައި ދާއިރާތަކުގެ ބޮޑެތި މައްސަލަތަކުގެ ޖަވާބުތައް ހުންނަން ވާނެ ކަމަށާއި ޖަވާބު ނެތިއްޔާ އެތަންތަނަށް ނުދާންވީ ކަމަށެވެ. މިހާރު މިހިނގަނީ ގާތުން ވެރިކަން ކުރުން ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގާތުން ވެރިކަން ކުރުމަކީ ރައްޔިތުންގެ ބޭނުންތައް އެނގިގެން، އެބޭނުންތައް ފުއްދައިދީގެން ވެރިކަން ކުރުން ކަމަށް ރައީސް ޔާމީން ވަނީ ޖަލްސާގައި ބަޔާންކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved