May 1, 2026
Advertisement
އަލީ ޝާހު
އަލީ ޝާހު / ތޭރަ އޮންލައިން

ރައީސް ޔާމީންގެ މައްސަލަ ލަސްވުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދޭ ކަމެއް: ޝާހު

Fathmath Reem
ފާތުމަތު ރީމް
Mar 5, 2024, 05:15 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަނޑުއެހުން ތާވަލްނުވެ ލަސްވުމަކީ ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ވިލިގިލީ ދާއިރާ އަށް ވާދަކުރައްވާ ކެނޑިޑޭޓު އުސްތާޒް އަލީީ ޝާހު ވިދާޅުވެއްޖެއެވެ.

Advertisement

ޝާހު މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނަސްދިން ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެެ.

ޝާހު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމަކާ ހަމައަށް ގޮސްފައިވާ އިރު މައްސަލައިގެ އަޑުއެހުން ނުބޭއްވި ނުވަތަ މައްސަލައިގެ ގޮތެއް ނުނިމި ދާ ދިއުމަކީ ފަޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދޭން ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމަކާ ހަމައަށް ގޮއްސަ އޮތް އިރުގައި ތިން މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުގައި މައްސަލައިގެ އަޑުއެހުން ނުބެެއްވި ނުވަތަ މައްސަލައިގެ ގޮތެއް ނުނިމި ދާ ދިއުމަކީ އެ ތިއްބެވި ފަޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް

އަލީ ޝާހު

މީގެ އިތުރުން ޝާހު ވިދާލުވީ ރައީށް ޔާމީންގެ މައްސަލަ އެއްވެސް ކަމަކާނުލާ ގަނޑުވެފައި އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ޝާހި ވިދާލުވީ މި ސަރުކާރަކީ ރައީސް ޔާމީން ދެކެ ލޯބިވާ ރައީސް ޔާމީނަށް ތާއިދު ކުރާ އެތައް ފަރާތެއްގެ ބުރަ މަސައްކަތުން ގެނައި ސަރުކާރެއް ކަމަށާއި އެހެންނަމަވެސް މިއަދު މި ސަރުކާރުން އެދަނީ ރައީސް ޔާމީންގެ ޝަރީއަތްތަކަށްވެސް ނުފޫޒު ފޯރުވަމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved