theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރީސެޓް ޖަލްސާއާއެކު ސަރުކާރު ރީސެޓްވެދާނެކަމުގެ އުންމީދެއް! / ތޭރަގްރެފިކްސް
ރިޕޯޓު
ރީސެޓް ޖަލްސާއާއެކު ސަރުކާރު ރީސެޓްވެދާނެކަމުގެ އުންމީދެއް!
Faina Faiz
ފައިނާ ފާއިޒް
18 ޑިސެމްބަރު 2025
މާލެ ސިޓީ

ދިވެހި ރާއްޖޭގެ ހާލަތު އަދި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާ، މި ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކަށް ހައްލުގެނަސް ރީސެޓު ކުރުމަށް، ބުދަ ދުވަހުގެ ރޭ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެއްންއެފް) އިން ވަނީ "ރީސެޓު" ޖަލްސާ ބާއްވާފައިއެވެ.

ނަމަވެސް ޖަލްސާ ބޭއްވުނީ ސަރުކާރުގެ އެތައް ހުރަސްއެޅުން ތަކަކަށް ފަހުގައިއެވެ.

ފުރަތަމަ ކަމަކަށް ޖަލްސާ ބާއްވަން ތާރީހެއް ކަނޑައެޅުމަށް ދިޔުމުން ތާރީހެއް އެޕްރޫވް ނުކޮށްދޭން ނިކަން މަސައްކަތް މުއިއްޒުގެ ސަރުކާރުން ވަނީ ކޮށްފައިއެވެ. ނަމަވެސް ޕީއެނެއެފްއިން ފަހަތަށް ޖެހެން އިންކާރުކޮށް އެތައް ވާހަކައެއް ދައްކައިގެން ޖަލްސާއަށް ތާރީހު ކަނޑައެޅިއެވެ.

ދެން ފެނުނީ ޖަލްސާގެ ދުވަސް ކައިރިވަމުން ދިޔަވަރަކަށް ސަރުކާރުން ހުންގާނު ކޮޅަށް އަރާ ރައްޔިތުން ސަރުކާރާ އެއްކޮޅަށް އެރުވުމަށް މަސައްކަތް ފެށި މަންޒަރެވެ.

ޖޫރިމަނާތައް މާފުކޮށް ޖަލްސާއަށް ދިޔުމުގެ ބަދަލުގައި ކުރާނެ އެތައް ކަމެއް ރައްޔިތުންނަށް ދައްކަންފެށިއެވެ.

އާޓީފިޝަލް ބީޗުގައި ޖަލްސާގެ ތައްޔާރީތައް ވާން ފެށުމާއެކު ބީޗުން ކަރަންޓުގެ ޚިދުމަތް ކަނޑާލިއެވެ. ނަމަވެސް ތަރައްގީގެ ބާނީ، ރައީސް ޔާމީން ފަސްޖެހިވަޑައިގަންނަވާނެތޯ؟ ވަގުތުން އެމަނިކުފާނު އަމިއްލަފުޅަށް ޖެނެރޭޓަރު ސެޓެއް އެތަނަށް ގެންނަވާ ކަރަންޓު ދިނުމަށް ފަހު ޖަލްސާގެ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ފެށިއެވެ.

އެ މައްސަލައަށް ހައްލު ގެނެސް ކުރިން އޮތް ތާވަލަށް ޖަލްސާކުރިއަށް ގެންދާނެކަން އެނގުމުން ސަރުކާރުން ދެން ފެށީ ރައްޔިތުން "ޑިސްޓްރެކްޓު" ކުރާށެވެ. ހަވާ އަރުވާ، 2 އަހަރު ވަންދެން ނުބޭއްވުނު ބައްދަލުވުންތައް ބާއްވަން ފަހު ވަގުތު ނިންމީ ރީސެޓު ޖަލްސާ ބަލަން ފުރުސަތު ނުދިނުމަށެވެ.

ކޮންމެއަކަސް ކާމިޔާބު ކަމާއެކު ޖަލްސާ ފަށާ ރީސެޓު ކެމްޕޭނު ލޯންޗުކުރިއެވެ. ދެން އިވުނު ވާހަކަތަކުން އެއްކަލަ ބިރުން ތިބި ސަރުކާރުގެ ބޭފުޅުންގެ ގައިން ހީބހި ނަގާ، ހަގީގަތުގައިވެސް ގައުމު ރީސެޓުކުރަން ޖެހިއްޖެކަމަށް ވިސްނޭނެކަން ޔަގީނެވެ.

އަދި ރިސެޓް ކެމްޕެއިންގެ ދަށުން "ދަ ނޭޝަނަލް ކެންޑިޑޭޓް" އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާނީ އިސްމާއިލް ޒަރިޔަންދުކަމަށް ޕީއެންއެފްއިން ހާމަކުރިއެވެ.

ދެން ކުރިއަށް ދިޔައީ ދިގު އިންތިޒާރުކުރެވިގެން އައި ރައީސް ޔާމީންގެ ވާހަކަފުޅެވެ. ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގެ ރައްޔިތުންނާއި މިއަދުގެ ސަރުކާރާއި ގުޅޭ މުހިއްމު ކަންތައްތަކެއް ހައިލައިޓުކުރައްވާފައިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ދިވެހިރާއްޖޭގައި ކުރަމުން މިދަނީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގެ ދިލަ އަސަރު ކަމަށާއި ޤައުމު ރީސެޓް ކުރަން ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ވަނީ "ފަހަތަށް ހިނގުމުގެ ހުނަރު" ހާސިލުކޮށްފައި ކަމަށާއި، ރީސެޓްކުރަން އެންމެ ބޮޑަށް ޖެހެނީ 'ޝަރުއީ ދާއިރާ" ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ދެއްކެވީ ސިޔާސީ ވާހަކައިގެ ބަދަލުގައި ސީދާ ފެކްޓަށް ނިސްބަތްކޮށެވެ. އެމަނިކުފާނު ވިދާޅުވީ، ޖަލްސާގައި ސިޔާސީ މީހުން ދައްކާވާހަކައަށް ކުލަ ޖެހޭނެ ކަމަށެވެ. ނަމަވެސް ފެކްޓަށް ކުލަ ޖައްސާ އެއަށް ސިޔާސީ ކުލަ ނުޖެއްސުމަށް އެމަނިކުފާނު ވަނީ ހިސާބު އަކުރުން ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ދައްކަވާފައިއެވެ. ފެކްޓާ ދެކޮޅު ހެދޭނީ ކިހިނެއްތޯއެވެ؟

ރައީސް ޔާމީންގެ އިތުރުން ޕީއެންއެފް އިން މާލެ ސިޓީ މޭޔަރުކަމަށް ނިކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދުވެސް ވަނީ އެތައް ވާހަކައެއް ދައްކަވާފައިއެވެ.

މާލެ ސިޓީއަށް ބޭނުންވަނީ ސިޔާސީ ފިކުރުން ތަތްތެޅިފައި ތިބި ލީޑަރުން ނޫންކަމަށް ވިދާޅުވެ، ޒަރިޔަންދު ފާހަގަކުރެއްވީ، މާލެ ސިޓީއަށް ބޭނުންވަނީ އެޔަށްވުރެ ސިޔާސީ ފިކުރުގައި ހުރެ، އާންމު މީހާގެ ކެކުޅުމަށް ތަސައްލީއެއް ގެނެއުމުގެ އިތުރުން ހިތްވަރާއި ތަޖުރިބާގެ އިތުރުން މާލެ ސިޓީއަށް ބޭވަފާތެރި ނުވާނެ ވަރުގެ ލީޑަރެއްކަމަށެވެ.

މިއީ ހުސް ތެދު ވާހަކައެވެ. ސަރުކާރުން ރައްޔިތުންނަށް އިއްވަން ބޭނުން ނުވާ ވާހަކަތަކެވެ. ނަމަވެސް ވާހަކަތައް އިވުނު ފަރާތްތަކަށް އުންމީދީ ވާހަކަތަކެކެވެ. ސަރުކާރަށް ލިބެންވީ ހިތްވަރުގެ ބަސްތަކެކެވެ. ކަންތައްތައް ރަނގަޅުކުރަން ލިބޭ ފުރުސަތެކެވެ. ރަނގަޅުނުކޮށްފި ނަމަ ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ އެތައް ބަޔަކު ތިބި ކަމުގެ ޝައްކެ ނުއުފެއްދޭ ވަރުގެ ހެއްކެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved