March 15, 2026
Advertisement
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ހުޅުމާލެ ބިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިނުމަކީ ގޯހެއް: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 20, 2025, 08:12 PM
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު ބިމެއްގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގަން އިއުލާނުކޮށްފައިވާއިރު، ދައުލަތަށް ގެއްލުންދީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިން ދޫކުރުމަކީ ގޯހެއް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި މަލީހް ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަން ހުއްޓުވަން ޖެހޭ ކަމަށް ގޮވާލައްވާފައެވެ.

މަލީހް ވިދާޅުވީ، ބީލަން ހުށަހަޅަން އެންމެ 6 ދުވަސް ދިނުމަކީ އެކަން ކުރިން ފިކްސްކޮށްފައިވާ ކަމެއް ކަން ވަރަށް ސާފުކޮށް ހާމަވާ ކަމެއް ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގަން އެޗްޑީސީން ކުރި އިއުލާނާއެކު، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.

މި މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހަޅަން އެޗްޑީސީން ދީފައިވަނީ އެންމެ 6 ދުވަހެވެ. މިއީ ބިލިއަނުން އަގުކުރެވޭ، 15 ބުރީގެ އިމާރާތްތަކެއް ހިމެނޭ ބިޔަ މަޝްރޫއަކަށް ބަލާއިރު އާންމު އުސޫލާ މުޅިން ހިލާފު ކަމެކެވެ. މީގެ ކުރިން މިއަށްވުރެ މާ ކުދި މަޝްރޫއުތަކަށް ވެސް މިއަށްވުރެ ދިގު މުއްދަތު ދީފައި އެބަހުއްޓެވެ.

6 ދުވަހުގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި، ފައިނޭންޝަލް މޮޑެލްތައް ތައްޔާރުކޮށް ބިޑު ހުށަހެޅުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. މިހެންކަމުން، މިއީ މިކަމުގެ މައުލޫމާތު ކުރިން ލިބި، ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށްގެން ތިބި ބަޔަކަށް މަގުފަހިކޮށްދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށް މަލީހްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ އެތަކެއް މަޝްރޫއުތަކެއް މިފަހުން މަޖިލިސް މެންބަރުންނަށާއި އެ މެންބަރުންގެ ގާތް މީހުންނަށް އެއްވެސް ހަމައެއް ލަމައެއް ނެތި ބަހާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved