March 15, 2026
Advertisement
-
- / މެޓް އޮފީސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 20, 2025, 08:28 PM
މާލެ ސިޓީ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެ، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.

Advertisement

ކުރިއަށް އޮތީ މޫސުމް ގޯސް ހަފްތާއެއް ކަމަށް މެޓުން ލަފާކޮށްފައިވާއިރު، މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައިވާ ގޮތުގައި މިއަދު މާލެ ސަރަހައްދު ހިމެނޭހެން އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 40 މޭލާއި ހަމައަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ. މިހާރުވެސް ރާއްޖެއަށް ވިއްސާރަކުރަމުންދާއިރު، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މާލޭގައި ވެހުނު ވާރެއާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، މި ފެން ހިންދުމަށް ދިވެހި ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ، ފެންހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރައްޔިތުންގެ އެހީތެރިކަމަށް ތައްޔާރުކަމަށެވެ.

ރާއްޖެއަށް ވިއްސާރަކުރަމުންދާއިރު، އިއްޔެއިން ފެށިގެން މެދުއިރުމައްޗަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް ފުލައިޓުތައް ދަނީ ޑިލޭ ވަމުންނެވެ. ދުނިޔޭގެ އިރުމަތީ ބިތާއި ހުޅަނގު ބިތް ގުޅުވާލަދޭ މައި އެއާޕޯޓު ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އޮޕަރޭޓު ކުރާ އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫ އަރާފައެވެ.

މީގެ ސަބަބުން، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އަންނަ ބައެއް ފްލައިޓުތައް ވަނީ ޑިލޭވެ އަނެއް ބައި ފްލައިޓުތައް ވަނީ ކެންސަލް ވެފައެވެ. މިކަމުގެ ސަބަބުން ދަތުރުވެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފްލައިޓުތަކުގެ ތެރޭގައި ތާށިވެފައި ތިބި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއާއިއެކު، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ސަމާލުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved