February 24, 2026
Advertisement
ދުންފުހުގެ އަސަރު މިހާރު ވަނީ ކުޑަވެފައި: މެޓު
ދުންފުހުގެ އަސަރު މިހާރު ވަނީ ކުޑަވެފައި: މެޓު / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ދުންފުހުގެ އަސަރު މިހާރު ވަނީ ކުޑަވެފައި: މެޓު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 22, 2026, 05:25 PM
މާލެ ސިޓީ

ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުހުގެ އަސަރު މިހާރު ކުޑަވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

Advertisement

މެޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތު ރާއްޖޭގައި ހުރިހާ ސަރަހައްދަކަށް ވެސް ދުންފަހުގެ އަސަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ވެސް ދުންފުހުގެ އަސަރު ދަށްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މާލެ ސަރަހައްދުގައި މިހާރު ދުރު ފެންނަ މިންވަރު ހުރީ ހަ ކިލޯ މީޓަރުގައި ކަމަށް ވެއެވެ. ދުންފުހުގެ އަސަރު ދަަށްވެފައިވާ ކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިއަށްވުރެއް ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ އުތުރުން އިންޑިއާ ސަރަހައްދުން އަންނަ ދުންފުހުގެ އަސަރު ބޮޑުވެ ސިއްހަތަށް ނުރައްކާވާ މިންވަރަަކަށް ގޮސްފައިވެއެވެ. އެގޮތުން ސިއްހީ އިދާރާތަކުން ރެޑް އެލާޓު ނެރެ ބޭރަށް ނުކުތުން ވެސް ޒަރޫރީ ނޫނިއްޔާ ނުނިކިތުމަށް އިލްތިމާސްކޮށް ޒަރޫރީ ބޭނުމަކަށް ނުކުންނަ ނަމަވެސް މާސްކު އަޅައިގެން ނުކުތުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved