މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ، މޫސާ އަލީ ޖަލީލްގެ ސިޔާސީ ތާރީޚާ ގުޅިގެން ރާއްޖޭގެ މަޝްހޫރު އެކްޓިވިސްޓް ހަސަން ކުރުސީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
މިގޮތުން، އެކްސްގައި ކުރުސީ ކުރި ޓްވީޓެއްގައި މޫސާއަކީ "ކުލަ ބަދަލުކުރާ ބޯވައެއް" ކަމަށް ސިފަކޮށްފައިވާއިރު، އޭނާގެ ސިޔާސީ ހަޔާތުގައި ތަފާތު ހަތަރު ޕާޓީއެއް ބަދަލުކުރައްވާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މޫސާ އަލީ ޖަލީލް ވަނީ 2013 ވަނަ އަހަރު އެމްޑީޕީއާ ގުޅިފައިވަނީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް 2013 ގެ ރިޔާސީ އިންތިޚާބު ޕީޕީއެމްއިން ކާމިޔާބު ކުރުމާއެކު، 2014 ވަނަ އަހަރު އޭނާ ވަނީ ޕީޕީއެމްއަށް ބަދަލުވެފައެވެ.
އޭގެ ފަހުން، 2018 ވަނަ އަހަރު ސަރުކާރަށް ވަނުމުގެ ބޭނުމުގައި އޭނާ ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފައެވެ. މިހާރު 2025 ވަނަ އަހަރުގެ ސިޓީ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް، އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިގޮތުން ޕީއެންސީއަކީ އޭނާގެ ސިޔާސީ ހަޔާތުގައި ބަދަލުކުރެއްވި ހަތަރުވަނަ ޕާޓީކަމަށް ކުރުސީ ބުނެފައިވެއެވެ. މި ކަންތައްތަކުން އޭނާގެ ސިޔާސީ ނިންމުންތަކަކީ އަމިއްލަ ފައިދާއަކަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
މާލޭގެ މޭޔަރުކަމަކީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަސަރުފޯރުވާ ވަރަށް މުހިންމު މަގާމަކަށް ވާތީ، މި މަގާމަށް ހޮވާ ކެންޑިޑޭޓަކީ ހަރުދަނާ ސިޔާސީ ވިސްނުމެއް ހުރި، އަދި ވަކި އުސޫލުތަކެއްގެ މަތީގައި ހުންނަ ބޭފުޅެއް ކަމަށް ވުމަކީ މުހިންމު ކަމެއް ކަމަށް މި ފާޑުކިޔުންތައް އަމާޒުކުރާ ފަރާތްތަކުން ބުނެއެވެ.
PNC Male Mayor candidate Moosa Ali Jaleel is the perfect example of an opportunist and octopus 🐙
— Hassan Kurusee (@HKurusee) December 20, 2025
PNC is his 4th party.
🔹2013: Joined MDP (hoping MDP would win)
🔹2014: Joined PPM (after PPM won)
🔹2018: Joined JP (to enter gov through JP)
🔹2025: Joined PNC (for Mayor) pic.twitter.com/EPPCFaUEKI
މިއާއިއެކު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އިން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާޢީލް ޒަރިޔަންދަކީ މާލޭގެ ހާލަތު ރަނގަޅުކޮށް މާލެއަށް ބޮޑު ތަރައްޤީއެއް ގެނެސްދެއްވާނެ ބޭފުޅެއްކަމަށް ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.