ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލަް ފްރޮންޓު (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން މިރޭ ބައްވަން ނިންމާފައި އޮތް ޖަލްސާ ކެންސަލްކޮށްފިއެވެ.
އެ ޕާޓީއިން ހާމަކުރި ގޮތުގައި ދެން ޖަލްސާއެއް އޮންނާނީ ބުރާސްފަތި ދުވަހުގެރޭއެވެ. މިރޭގެ ޖަލްސާ ކެންސަލް ކުރި ސަބަބެއް ނަމަވެސް އެ ޕާޓީގެ ފަރާތުން ހާމަކޮށްފައިނުވެއެވެ.
ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ގައުމުގައި ހުރި ގިނަ ކަންކަން އިސްލާޙުކޮށް ބަދަލު ގެނައުމަށް ޕިއެންއެފުން ވަނީ ގައުމީ ބޮޑު ކެމްޕެއިނެއް، "ރީސެޓު"ގެ ނަމުގައި މިދިޔަ ބުދަ ދުވަހުގެރޭ އިފްތިތާހުވެސް ކޮށްފައެވެ.