April 29, 2026
Advertisement
-
- / އަލްޖަޒީރާ

ލަންޑަނުގައި ޑޮކްޓަރަކު ހައްޔަރުކުރި މައްސަލަ: ސަހްޔޫނީންނާއި ގުޅުންހުރި ނުފޫޒެއްގެ ތުހުމަތުތަކެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 22, 2025, 03:05 AM
މާލެ ސިޓީ

ލަންޑަނުން ޑޮކްޓަރަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ޕޯސްޓްތައް ދައުރުވަމުން އަންނަ އިރު މިއީ ސަހްޔޫނީންނާއި ގުޅުން ހުރި މައްސަލައެއްގެ ނުފޫޒާއި ގުޅިފައިވާ ކަމަށް ބުނެ ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement

އިނގިރޭސިވިލާތުގެ ޑރ. ރަހުމަހް އަލަދުވާން އެކްސްގައި މިކަން ހިއްސާކުރެއްވުމާ ގުޅިގެން، މި ހާދިސާއަށް ވަނީ ފުޅާ ދާއިރާއެއްގައި ސަމާލުކަން ލިބިފައެވެ. އެކްސްގައި އޭނާ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، ލަންޑަން މެޓްރޮޕޮލިޓަން ޕޮލިހުން ޑޮކްޓަރަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި ހައްޔަރު ކުރުމަކީ ސަހްޔޫނީންނަށް ތާއީދުކުރާ ލޮބީއެއްގެ ޕްރެޝަރާ ގުޅުންހުރި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މިހާތަނަށް އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރުކުރި ޑޮކްޓަރުގެ ތަފްސީލާއި، ހައްޔަރުކުރި ސަބަބު ކަށަވަރުކޮށްދޭ ރަސްމީ ބަޔާނެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެކްސްގައި ދައުރުވާ ޕޯސްޓްތަކުގައި ދައްކާ ވާހަކަތައްވެސް ކަށަވަރުކޮށްދީފައި ނުވެއެވެ.

ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި ޔޫޒަރުން ބުނަނީ މި ހައްޔަރު ކުރުމަކީ ޣައްޒާ ހަނގުރާމައާއި ވާހަކަ ދެއްކުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ދެކޭ ގޮތާ ގުޅިފައިވާ ކަމެއް ކަމަށެވެ. ފަލަސްތީނުގެ ޙައްގުގައި ވަކާލާތުކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ސަހްޔޫނީން އަންނަނީ ހަމަލާތައް އަމާޒުކޮށް ދަތި އުދަނގޫތައް ކުރިމަތި ކުރުވަމުންނެވެ.

މި ހާލަތުން އަލިއަޅުވާލަނީ ފަލަސްތީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި މުޒާހަރާތަކާއި ސިޔާސީ ވިސްނުންތަކާ ގުޅިގެން ސަހްޔޫނީން ކަންބޮޑުވަމުންދާ މަންޒަރު ކަމަށް ބުނެ އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ގިނަ ބަޔަކު މިހާރު ގޮވާލަނީ ކަމާބެހޭ ފަރާތްތަކުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށާއި މި ހާދިސާ ހިނގި ގޮތާއި ކީއްވެގެންތޯ ކަން ސާފު ހަގީގަތްތަކާއި އެކު ހާމަކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved