theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / އަދަދު
ސިޔާސީ
އެޗްޑީސީގެ ބޯޑު މެންބަރުން ބޭރުގެ އިންވެސްޓަރުންގެ އަތުން މިލިއަނުން ރިޝްވަތު ނަގާކަމުގެ އަޑުތަކެއް!
Yana Shareef
ޔާނާ ޝަރީފް
22 ޑިސެމްބަރު 2025

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުން ރާއްޖެއިން ބޭރުގެ އިންވެސްޓަރުން އަތުން މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާކަމުގެ ތުހުމަތު އާންމު ރައްޔިތަކު ކޮށްފިއެވެ.

ރައްޔިތަކު މިފަދައިން ތުހުމަތު ކުރެއްވީ، ރައީސް މުހައްމަދު މުއިއްޒު ހުޅުމާލެ ފުރަތަމަ ފިވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން އެ ވާހަކަ އޭނާ ދައްކަން ބޭނުންވަނީ ލައިވް ޓީވީގައި ނޫންކަމަށާއި އެ ވާހަކަ ހިއްސާ ކުރަން ބޭނުންވަނީ ރައީސްގެ އަރިހުގައި ކަމަށް އެ މީހާ ބުނެފައިވެއެވެ. އެހެންނަމަވެސް އެ މައްސަލައިގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ވަނީ ހިއްސާކޮށްފައެވެ.،

އެ މީހާ ބުނިގޮތުގައި، ބޭރުގެ އިންވެސްޓަރުންގެ އަތުން އެޗްޑީސީއިން 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނެއުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ބޯޑު މެންބަރުން އެތައް ލައްކައެއްގެ ޑޮލަރު އަމިއްލަ ޖީބަށް ޖަމާކޮށްފައިވެއެވެ.

އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ހިމެނޭ ގޯތި ވައްކަމުގެ ވާހަކަ ވެސް އޭނާ ދެއްކި ކަމަށާއި ނަމަވެސް އެ ހިޔާނާތުގައި ބައިވެރިވި އެޗްޑީސީގެ ބޯޑު މެންބަރުން އަދި ވެސް އެ ކުންފުނީގައި އެބަތިބި ކަމަށާއި މި ވާހަކަ ހިއްސާކުރީ އެފަދަ ހިޔާނާތެއް ތަކުރާރުވާން ނޭދޭތީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފަޒުލް އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލައިގައި އޭނާއާ ދެކޮޅަށް ދައުވާކުރާ ކުރަން ވެސް ފޮނުވި އެވެ. ނަމަވެސް ހެކި ނެތް ކަމަށް ބުނެ އެ ދައުވާ ނުކުރާން ދައުލަތުން ވަނީ ނިންމާފަ އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved