April 4, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް އަދިވެސް ވައި ނުސާފު!

Faina Faiz
ފައިނާ ފާއިޒް
Dec 22, 2025, 10:39 PM
މާލެ ސިޓީ

މާލެ ސަރަހައްދުގައި މިއަދު ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއްޖެއެވެ.

Advertisement

އައިްިއު އެއާރއިން ދައްކާގޮތުގައި މިވަގުތު ރާއްޖޭގެ ޕާޓިކަލް މެޓާރ ނުވަތަ ޕީ.އެމް ހުރީ 2.5 ގައިއެވެ.

ޕީ.އެމް އަކީ ވައިގެ ތެރޭގައި އޮޔާދާ ކުދިކުދި ޕާރޓިކަލްތަކެވެ. ޕީ.އެމް 2.5 ގެ މާނައަކީ 2.5 މައިކްރޯމީޓަރު ނުވަތަ އެއަށްވުރެ ކުދި ޕާރޓިކަލްއެވެ. މިއީ އިންސާނާގެ އިސްތަށްޓަކަށް ވުރެ ގާތްގަނޑަކަށް 30 ގުނަ ކުދި ޕާރޓިކަލްތަކެކެވެ. ޕާޓިކަލްތަކުގެ ކުދި ކަމުން ފުއްޕާމޭގެ ފުންމިނަށް ނޭވާލާއިރު ލޭގެ ތެރެއަށް ވެސް ވަނުން އެކަށީގެންވެއެވެ. އަދި މި މިންގަނޑަށް ވައި ނުސާފުވުމުން ހަށިގަނޑަށް އަދި ފުއްޕާމެޔަށް ކުރާ އަސަރު ބޮޑެވެ.

ވައި ނުސާފުވުމުގެ ސަބަބުން ހަމައެކަނި ފޮތި މާސްކު ނުވަތަ ޑިސްޕޯސަބަލް މާސްކުން މި ކުދި ހިރަފުހަކުން ސަލާމަތެއް ނުވެވޭނެއެވެ. މިކަމަށް ބޭނުންވާނީ އިންޑަސްޓްރިއަލް ލެވެލް މާސްކެވެ.

މިފަދަ ސީރިއަސް ހަށިގަނޑަށް ނުރައްކާތެރި މައްސަލައެއް ކުރިމަތިވެފައިވާއިރުވެސް ރާއްޖޭގެ ސިއްޙީ ވުޒާރާއިން މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މޫސުމާ ބެހޭ ވުޒާރާއިން މިހާތަނަށް ވައިގެ ނުސާފުކަން އާދައިގެ މިންވަަރަކަށް ހުންނާނެކަމަށް ބުނިކަމުގައި ވީނަމަވެސް ވައިގެ ނުސާފުކަން އަނެއްކާވެސް މިވަނީ އިތުރުވެފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved