April 22, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

ސަރުކާރު ކުންފުނިތައް ބޮޑެތި ކުށްވެރިންގެ ހާއްޔަކަށް ވެއްޖެ: ޑރ. ޖަމީލް

Faina Faiz
ފައިނާ ފާއިޒް
Dec 22, 2025, 10:40 PM
މާލެ ސިޓީ

ސަރުކާރު ކުންފުނިތައް ބޮޑެތި ކުށްވެރިންގެ ހާއްޔަކަށް ވެއްޖެކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ)ގެ ބޯޑު މެންބަރުން ބޭރުގެ އިންވެސްޓަރުންގެ އަތުން މިލިއަނުން ރިޝްވަތު ނަގާކަމުގެ އަޑުތަކެއް ފެތުރެމުން ދާތީ، އެކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ސަރުކާރު ކުންފުނިތަކަކީ މިއަދު ބޮޑަތި ކުށްވެރިންގެ ހާއްޔަކަށް ވެއްޖެކަމަށާއި، އެތަންތަނުން ވަޒީފާ ހޯދަނީވެސް ވައްކަން ކުރުމުގެ ނިޔަތް ގަނެގެންކަަމަށެވެ.

މީގެ އިތުރުން ރިޓަޔަރކޮށްފައި، އަބުރު ގެއްލި، ޙަރާމް ގޮތުގައި ފައިސާ ހޯދުމުގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒުއަށް ޚިޔާނާތުން ވަޒީފާ އުފަައްދުމަކީ މިކަމުގެ މައިގަނޑު މައިގަނޑު މަގްސަދުކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ޑރ. ޖަމީލު ވަނީ އަބަދު ގާނޫނު އަންދަން ނުވާނެކަން ހަނދާން ކޮށްދެއްވާފައިއެވެ.

ރައީސް މުއިއްޒު ހުޅުމާލެ ފުރަތަމަ ފިވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެޗްޑީސީގެ ބޯޑު މެންބަރުން ރާއްޖެއިން ބޭރުގެ އިންވެސްޓަރުން އަތުން މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާކަމުގެ ތުހުމަތު އާންމު ރައްޔިތަކު ކޮށްފައިއެވެ.

އެ މީހާ ބުނިގޮތުގައި، ބޭރުގެ އިންވެސްޓަރުންގެ އަތުން އެޗްޑީސީއިން 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނެއުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ބޯޑު މެންބަރުން އެތައް ލައްކައެއްގެ ޑޮލަރު އަމިއްލަ ޖީބަށް ޖަމާކޮށްފައިވެއެވެ.

އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ހިމެނޭ ގޯތި ވައްކަމުގެ ވާހަކަ ވެސް އޭނާ ދެއްކި ކަމަށާއި ނަމަވެސް އެ ހިޔާނާތުގައި ބައިވެރިވި އެޗްޑީސީގެ ބޯޑު މެންބަރުން އަދި ވެސް އެ ކުންފުނީގައި އެބަތިބި ކަމަށާއި މި ވާހަކަ ހިއްސާކުރީ އެފަދަ ހިޔާނާތެއް ތަކުރާރުވާން ނޭދޭތީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved