March 20, 2026
Advertisement
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ / -

މިނިސްޓްރީތަކާއި ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ފާސްކުރަން ޖެހޭ އިސްލާހެއް ހުށަހަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 5, 2024, 07:41 PM
މާލެ ސިޓީ

ސަރުކާރު އެކުލަވާލުމަށް ފަހު އުފައްދާ މިނިސްޓްރީތަކުގެ އަދަދާއި ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފިއެވެ.

Advertisement

އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އަށް ހުށަހެޅުއްވި އެ އިސްލާހުގައި ބަޔާންކޮށްފައި ވަނީ، ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހައި ވުޒާރާތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، އެ ވުޒާރާތަކުގެ އަދަދާއި މަސައްކަތު ދާއިރާތައް މަޖިލީހުން ފާސްކުރަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަން ވާނެ ކަމަށެވެ.

ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސަށް ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މިނިސްޓްރީތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަސް ތެރޭގައި އެ މިނިސްޓްރީތަކުގެ މަސައްކަތަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް މަޖިލީހަށް ހުށަހަޅުއްވާ ފާސް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.

ކުރީ ސަރުކާރުތަކުގެ މިނިސްޓްރީތަކުގެ އަދަދަށް ބަލާއިރު

1. ރައީސް މުހައްމަދު ނަޝީދު - 16 މިނިސްޓަރުން

2. ރައީސް ޑރ. މުހައްމަދު ވަހީދު - 18 މިނިސްޓަރުން

3. ރައީސް އަބްދުﷲ ޔާމީން - 16 މިނިސްޓަރުން

4. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - 19 މިނިސްޓަރުން

5. ރައީސް ޑރ. މުހައްމަދު މުއިއްޒު - 22 މިނިސްޓަރުން ނެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރަން މި ސަރުކާރުން ވައުދުވި ނަމަވެސް ގިނަ އަދަދެއްގެ މިނިސްޓްރީތައް އުފައްދައި ނައިބު އަދި ސްޓޭޓް މިނިސްޓްރީ ފެންވަރުގެ ގިނަ މަގާމްތައް އުފެއްދުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved