theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ރައީސް އޮފިސް
ސިޔާސީ
ސަރުކާރުގައި ތިއްބެވި އިލްމުވެރިންނަށް ޑރ ޖަމީލު ވަރުގަދަ ސުވާލުތަކެއް!
Mariyam Isaadha
މަރިޔަމް އިސާދާ
23 ޑިސެމްބަރު 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މެދު ނުކެނޑި ދޮގތައް ހަދަމުން ގެންދަވާއިރު މި ސަރުޚާރު ތެރޭގައި ތިއްބެވި ދީނީ އިލްމުވެރިން އެކަމާ މެދު ބަހެއް ނުބުނެ ތިއްބަވާތީ، ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ވަރުގަދަ ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.

ރައީސް މުއިއްޒު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބުހުތާނު އެތައް ދޮގެއް ހަދާފައިވާކަމަށް ލިޔެފައިވާ ހެޑްލައިނެއް ހިއްސާކުރައްވާ ޑރޖަމީލު ވަނީ އެކްސްގައި އެކަމަށް އިޝާރާތްކުރައްވާ ވާހަފުޅުތަކެއް ހިއްސާކުރައްވާފައެވެ.

ޑރ ޖަމީލު ވަނީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ވެރިޔަކު މިގޮތަށް ޖެހިލުމެއް ނެތި ދޮގު މައްޗަށް ދޮގު ހަދަމުން ދިއުމުން ހީނުކުރާ ފަދަ ނަތީޖާ ނިކުންނާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސް މުއިއްޒު ވެސް ޓެގު ކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ދޮގު އާންމުކުރާއިރު ސަރުކާރުގައި ތިބި ދީނީ އިލްމުވެރިން ހަނު ތިބުމުން އިސްލާމް ދީނުގެ އަގީދާ އޮޅޭނެ ބަޔަކު ތިބޭނެ ކަމަށާ ވެރިޔަކަށް ދީނުގައި ނަހީކުރައްވާފައިވާ ކަމެއް ހުއްދައީތޯ ޝައްކު އުފެދޭނެ ޖާގަ އޭގެ ސަބަބުން ތަނަވަސްވެގެން ދާނެ ކަމަށެވެ.

ހަމައެހެންމެ އެފަދަ ކަންކަމުގެ ސަބަބުން ދޮގު ހެދުމަކީ އެއްވެސް ކަމެއް ނޫންކަމަށް ހީވާން ފަށާފާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ ސަރުކާރުގައި ތިބެ އިލްމުވެރިން ދީން ދިފާޢުކުރަން ފަސްޖެހެނީތޯ އައްސަވާ އެބޭފުޅުންނަށް ސުވާލެއް އަމާޒުކުރައްވާފައެވެ. އަދި ދީނަށް ވުރެ ވަޒީފާ އިލްމުވެރިންނަށް މުހިއްމުވަނީތޯ ވެސް އެމަނިކުފާނު ވަނީ އައްސަވާފައެވެ.

ރައީސް މުއިއްޒުގެ ދޮގު ހެދުމުގެ އާދައާ ގުޅިގެން ޑރ ޖަމީލުގެ ނުުރުހުމާ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވަނީ، ސިޔާސީ މީހުން ދެކެ ރައްޔިތުން ފޫހިވަނީ ފޫހިވާން ޖެހިގެން ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ބަހާ އަމަލާ ދިމާވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވި ވާހަކަތަކާ ވެރިކަމަށް ވަޑައިގަތުމަށް ފަހު ހަމަ އެކަންކަމާ ގުޅިގެން އަމަލުކުރައްވަމުން ގެންދަވާ ގޮތް ވަރަށް ތަފާތުކަން ފާހަގަކޮށް ގިނަ ރައްޔިތުން އެމަނިކުފާނު ސިފަކުރައްވަނީ ދޮގުވެރިއެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved