ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަޖިލިސް މެމްބަރުންނަކީ ދުސްތޫރީ ޚާއިނުންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތުކަމުގައި ފުރަތަމަ ކަމަކަށް ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) 3 ގައިވަނީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުން، މިއީ މަޖިލިހުގެ މެމްބަރުންގެ މަސްއޫލިއްޔަތު ލަފުޒުން ލަފުޒަށް އޮތް ގޮތްކަމަށެވެ.
ދެވަނައަށް ގާނޫނު އަސާސީގެ 96 ވަނަ މާއްދާއިން ދައުލަތުގެ ބަޖެޓަށް ސަރުކާރު ޖަވާބުދާރީ ކުރުވުން ހިމެނޭ އިރު ޕީއެންސީގެ ގެ ސުޕާ މެޖޯރިޓީއިން މިވަނީ، ގަނޑުކޮށް އެބަޖެޓު ރައީސް ޑރ. މުހައްމަދު މުއިއްޒާ ޙަވާލުކޮށްފައިކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
ތިންވަނަ ކަމަކަށް ޑރ. ޖަމީލް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިޚާބު ކުރި ބަޔަކު ކަމުގައިވާއިރު މިއަދު ސިޔާސީ ޕާޓީގެ އަތަށް މެމްބަރުންގެ ލަގަން ދިީފައިވާކަމާއި، މިއީ އެމެމްބަރުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސްއޫލިއްޔަތާ ދެކޮޅު ވާނެ ކަމެއްކަން އެނގިތިބެ މާލެ، އައްޑޫ އަދި ފުވައްމުލައް ހިމެނޭހެން މިބަދަލަށް ޕީއެންސީގެ މެމްބަރުން ވަނީ ވޯޓްދީފައި ކަމެވެ.
މީގެ އިތުރުން، މިއަދު ޕީއެންސީގެ މަޖްލިސް މެމްބަރަކު ރައްޔިތުން ކައިރިން ވޯޓަށް އެދޭނަމަ، ފުރަތަ ރަައްޔިތުންގެ ފަރާތުން ވަކާލާތުވެސް ނުކުރެވޭ ގޮތަށް އަމިއްލަޔަށް ކަރަށް މަޅިހަރައިގެން ތިބެން ޖެހޭ ޙާލަތު ނިމުމަކަށް ގެނައުމަށް ޑރ. ޖަމީލު ވަނީ އެ ޕާޓީގެ މެމްބަރުންނަށް ގޮވާލާފައިއެވެ.
އެހެން ނޫންނަމަ ޕީއެންސީ، ވީތީ ލޯކަލް ކައުންސިލް ވިޔަސް ވޯޓެއްދޭންޖެހޭ ސަބަބެއް ނުފެންނަކަމަށް އެމަނިކުފާނު ދިވާޅުވިއެވެ. އަދި ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންގެ ހުވާގަައިވާ ވާޖިބުވެސް މި މެމްބަރުން ވަނީ ދޫކޮށްލާފައިކަމަށާއި، އެމެމްބަރުންވަނީ ކިލަނބުވެފައިކަމަށާއި، އެއީ ޢައިރު ދުސްތޫރީ ބަދަލުތަކަކަށް އާނއެކޭ ބުނެގެން ތިބި ދުސްތޫރުގެ ޚާއިނުންކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
އިތުރަށް ޑރ. ޖަމީލް ވިދާޅުވީ، ޕީއެންސީގެ މެމްބަރުންނަކީ ރައްޔިތުންނަށް މަކަރު ހެދި މީހުންކަމަށާއި އެއީ، މުއިއްޒުގެ އަޅުންނާއި ވަކީލުންކަމަށެވެ.