March 19, 2026
Advertisement
ދޮން އަދަރާދަ ހިނގުން
ދޮން އަދަރާދަ ހިނގުން / ސީއެންއެމް

ރޯދައިގެ ކުރިން، ދޮން އަދަރާދަ ހިނގުން ހުޅުވާލަން މަސައްކަތްކުރަނީ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 5, 2024, 08:32 PM
މާލެ ސިޓީ

ސްޓެލްކޯގެ މައި އިމާރާތާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުން ރޯދަ މަހުގެ ކުރިން ހުޅުވާލާނެ ކަން ހާމަކޮށްފިއެވެ.

Advertisement

މަގު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދައްކާލުމަށް ފަހު މައުލޫމާތު ދެއްވަމުން ސްޓެލްކޯއިން ހާމަކުރި ގޮތުގައި ދޮންއަދަރާދަ ހިނގުން ހުޅުވާލާއިރު މަގުގެ ދެ ފަރާތުގައި އޮންނަ ބިމުގައި ސްޓެލްކޯގެ އިމާރާތްތައް ގުޅުވާލާނީ ބްރިޖަކުންނެވެ.

އެ މަގު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، އެ މަގުގެ ދެފަރާތުގައި ވެސް ވަނީ ގަސް އިންދައި، މަގުބައްތި ހަރުކޮށްފައެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މަގު ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.

ސްޓެލްކޯގެ ބޭނުމަށް 2010ވަނަ އަހަރު އެ މަގު ބަންދުކުރިއިރު، އަލުން އެ މަގު ހުޅުވާލުމަށްޓަކައި، މަގު ހުސްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 17ގައެވެ.

މަގު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީއާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved