April 18, 2026
Advertisement
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ފާއިތުވި 2 އަހަރު ރާއްޖޭގައި ސިޔާސީ މަސައްކަތްކުރި ހަމަ އެކަނި ޕާޓީއަކީ ޕީއެންއެފް: މަލީހް

Yana Shareef
ޔާނާ ޝަރީފް
Dec 25, 2025, 07:15 AM

ސަރުކާރު ޖަވާބުދާރީކުރުވުމަށާއި އެހެނިހެންކަން ކަމުގައި ސިޔާސީ ގޮތުން ފާއިތުވެދިޔަ ދެ އަހަރު ހަރަކާތްތެރިވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިންކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް، މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްެޓެއްގައެވެ.

ޕީއެންސީ ސަރުކާރަށް ދެ އަހަރުވެގެންދިޔައިރު ޕީއެންއެފް އިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގައި ވެސް ދެ ދުވަހު އެ ޕާޓީން އަންނަނީ "ޓައުންހޯލް" ޖަލްސާތައް ބާއްވަމުންނެވެ.

އެ ޖަލްސާތަކުގައި އެ ޕާޓީއަށާއި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތާއި އެމަނިކުފާނުގެ ފިކުރަށްވެސް ތާއިދުކުރާ ފަރާތްތަކުން އަންނަނީ ބައިވެރިވަމުންނެވެ. ކޮންމެ ޖަލްސާއެއްގައި ވެސް ސްޕީކަރުންތަކެއް ޕޯޑިއަމްގައި ހުންނަވާއިރު އޯޑިއަންސުން އަންނަނީ ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތާއި ގުޅޭ ސުވާލުތަކެއް ކުރަމުންނެވެ.

ޓައުން ހޯލް ޖަލްސާތަކުގެ އިތުރުންވެސް ޕީއެންއެފް އިން އަންނަނީ ޒުވާނުންނަށް ވެސް ހާއްސަ ޖަލްސާތަކެއް ބާއްވާ ޒުވާނުންގެ އަޑުވެސް އަހަމުންނެވެ.

މިކަންކަމާއި ގުޅިގެން މަލީހު ވިދާޅުވީ ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތައްވެސް ހަރަކާތްތެރިވާންޖެހޭކަމަށާއި އެ މަންޒަރު މިހާތަނަށް ފެނިފައިނުވާކަމަށެވެ. ދިވެހި ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި ރައީސް ޔާމީންގެ ޕާޓީ ދާނީ ކުރިޔަށްކަަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved