June 18, 2026
Advertisement
.
. / ރައީސް އޮފިސް

ކައިރި ކައިރީ އެއާޕޯޓު އެޅުމުގެ ވިސްނުން ދޫކުރައްވާ ރައީސް މުއިއްޒު އުނބަށް ޖަހައިފި

Yana Shareef
ޔާނާ ޝަރީފް
Dec 25, 2025, 07:41 AM

ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް އެއާޕޯޓެއް އަޅައިދެއްވާނެކަމަށް ވިދާޅުވި ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ބަދަލުވެއްޖެއެވެ.

Advertisement

"ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި ޒުވާނުންނާއެކު ބޭއްވެވި ބައްދަލުވުމުގައި، ޒުވާނަކު، މި ސަރުކާރުން ގިނަ އެއާޕޯޓުތަކެއް އަޅަން ނިންމައިފައިވާކަން ފާހަގަކޮށް، އޭގެ ބަދަލުގައި ސީޕްލޭން ބޭނުންނުކުރާ ސަބަބާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ސީޕްލޭންގެ ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުމަކީ ރޭގަނޑު އެ ޚިދުމަތް ނުދެވުން ކަމަށާއި އެހެން ނަމަވެސް ސީޕްލޭންގެ ބަދަލުގައި، ބައެއް ރަށްރަށުގައި އެއާސްޓްރިޕްތައް ހަދައި، ބޯޓުތައް ޖެއްސޭނެ ގޮތް ހެދިދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބޮޑެތި ރަށްރަށުގައި އެހާ ބޮޑު ނޫނަސް، ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ވީލް ހަރުކޮށްފައި ޖެއްސޭނެ ވަރުގެ އެއާސްޓްރިފްސް ގިނަ ރަށްތަކުގައި އެޅުމަކީވެސް، ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވޭ ކަމެއް ކަމުގަ އެވެ.

އޭރުން މަތިން ގޮސް ރޭގަނޑުވެސް ޖެއްސޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާތަނަށް ބެލި ބެލުމަށް ގާތްގަނޑަކަށް 600 މީޓަރުގެ ދިގުމިނުގެ އެއާ ސްޓްރިޕެއް ހަދައިފިއްޔާ އެތާނގައި ކުދި ބޯޓުތަކަށް ޖެއްސޭނެ ކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ޒުވާނުންނަށް މިފަދައިން ދެންނެވި ނަމަވެސް މުއިއްޒު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަށް ވަޑައިގެން ކައިރި ކައިރީ އެއާޕޯޓު އަޅުއްވާނެކަމަށް ވައުދުވެފައެވެ.

މީގެ މިސާލަކީ ފ.ނިލަންދޫގައި އެއާޕޯޓު އެޅުމެވެ. ފ އަތޮޅުގައި މިދިޔަ ސަރުކާރުން އެއާޕޯޓު އެޅުމަށް ނިންމީ މަގޫދޫގައެެވެ. އެގޮތުން އެއާޕޯޓުގެ މަސައްކަތް ނިމެން ގާތްވެފައިވަނިކޮށް ރައީސް މުއިއްޒު ވަނީ ނިލަންދޫގައި އެއާޕޯޓު އެޅުމަށް ނިންމާ މަސައްކަތް ކުރަން ހަވާލުކޮށްފައެވެ. ނިލަންދޫއިން މަގޫދޫއަށް ލޯންޗުގައި ދާން ނަގަނީ 20 ވަރަކަށް މިނެޓެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ރައީސް. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved