April 29, 2026
Advertisement
މިނިސްޓާރ އަލީ ހައިދަރު
މިނިސްޓާރ އަލީ ހައިދަރު / ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ

ބޭރު ގައުމުތަކުގައި ކިޔަވަންތިބި ދަރިވަރުންނަށް އިނާޔަތް ނުދީ، ސަރުކާރުން ބަލަނީ މުޅިންވެސް އިސްރާފުކުރެވޭތޯ: މަލީހު

Faina Faiz
ފައިނާ ފާއިޒް
Dec 26, 2025, 12:53 AM
މާލެ ސިޓީ

ބޭރު ގައުމުތަކުގައި ކިޔަވަ ންތިބި ދަރިވަރުންނަށް އިނާޔަތް ނުދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަލަނީ މުޅިންވެސް އިސްރާފުކުރެވޭތޯ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ބޭރު ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ލިބެންޖެހޭ މާލީ އިނާޔަތް ނުލިބި ބޮޑެތި ދަތިތަކާއި ކުރިމަތި ލަމުންދާއިރު މުއިއްޒު ސަރުކާރުން ބަލަނީ މުޅިންވެސް އިސްރާފުކުރެވޭތޯކަމަށެވެ.

މީގެ އިތުރުން، މިސަރުކާރު ނުހިނގާކަމަށާއި، މިސަރުކާރަކީ ހަމަ އެކަނި ނޯޓު ނަގާ ސަރުކާރެއް ކަަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޚަރަދުގައި ބޭރުގައުމުތަކަށް ތައުލީމް ހާސިލް ކުރަން ގޮސް ތިބި އެތައް ދަރިވަރުންތަކަކަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ދޭން ޖެހޭ އުޖޫރަ ނުލިބުމުގެ ސަބަބުން އެކުދިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކުދިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ގޮވާލަމުންނެވެ.

އެ ދަރިވަރުންނަށް ލިބެން ޖެހޭ ފައިސާ ނުލިބޭކަން ސޯޝަލް މީޑިއާގައި ހާމަކުރުމުން މިނިސްޓްރީއިން ވަނީ މިކަން ދޮގު ކޮށްފައިއެވެ. ނަމަވެސް ދަރިވައުން ވަނީ މިނިސްޓްރީއާއި އެ ދަރިވަރުންނާއި ދެމެދު ދެކެވޭ ވާހަކަތައް ހިމެނޭ އެތައް ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިއެވެ.

މިކަމާ ގުޅިގެން އެކުދިންގެ އާއިލާތަކުންވެސް އަންނަނީ ކަންބޮޑުުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved