May 4, 2026
Advertisement
.
. / ތޭރަ އޮންލައިން

މާލެ ސިޓީ ރީސެޓު ވެއްޖެ ނަމަ ސަރުކާރު ތެރެއިން ހިންގާ ކޮރަޕްޝަން ހިންގަން ކުޅަދާނަ ނުވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 26, 2025, 12:59 AM
މާލެ ސިޓީ

މާލެ ސިޓީ ރީސެޓު ވެއްޖެ ނަމަ ސަރުކާރު ތެރެއިން ހިންގާ ކޮރަޕްޝަން ހިންގަން ކުޅަދާނަ ނުވާނެ ކަމަށް ޕީއެންއެފްގެ ރައިސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓްއިން ބޭއްވި "ރީސެޓު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ގައުމު އިގްތިސޯދާ ގުޅިގެން ވެސް އަދި އެހެނިހެން ކަންކަމާ ގުޅިގެންވެސް ސަރުކާރުން ދޮގުތައް ފަތުރަމުންދާ ކަމަށާ އެހެންކަމުން ހުރިހާ ދިމާއަކުން އޮތީ ރީސެޓު ކުރަން ޖެހިފައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން ރޭޓު ހިސާބު އަދަދުތަކުން ފެކްޓާ އެކު ދެއްކުމުން ގަބޫލުކުރާނެ މީހުން ގިނަވާނެ ކަމަށާ އަދި އެކަން ދޮގުވެސް ނުކުރެވޭތީ އެމަނިކުފާނު އެކަންކަން ރައްޔިތުންނަށް ހާމަކޮށްދޭނީ ހިސާބު އަކުރުތަކުން ޗާޓުތަކުން ކަމަށެވެ.

އެގޮތުން އިންފްލޭޝަން ރޭޓު 2018 ގައި 2 ޕަސެންޓަށް ނާރާއިރު 2024 ވަނަ އަހަރުގައި އިންފްލޭޝާން ރޭޓު 5 ޕަސެންޓަށް އަރާފައިވާ ކަމަށާ އެހެންކަމުްނ ރައްޔިތުން ހާލުގައި އުޅެން ޖެހޭ ސަބަބު ވިދާޅުވެދެއްވަން ބޭނުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންޓަލެކުއަލް ބޭފުޅުން އެކަން ކަން ސިއްރުކޮށްގެން ތިއްބަސް އެމަނިކުފާނު ހަނު ނުހުންނަވާނެ ކަމަށާ މާލެ ސިޓީ ރީސެޓު ކުރަން ޖެހެނީ މިކަހަލަ ކަންކަން ރަގަޅު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލެ ސިޓީ ރީސެޓު ވެއްޖެ ނަމަ ސަރުކާރު ތެރެއިން ހިންގާ ކޮރަޕްޝަން ހިންގަން ކުޅަދާނަ ނުވާނެ ކަމަށެވެ.

އެމަނިކުފާނު ވަނި ރާއްޖޭގައި ކޮރަޕްޝަންގެ އިންޑެކްސް އޮތް މިންވަރާ މެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved