ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އިރާނާ ދެކޮޅަށް ދޮގު ތުހުމަތުތަކެއް ކުރައްވައި، އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ.
ނަތަންޔާހޫ ވިދާޅުވީ އިރާނުން ވަރަށް އަވަހަށް އެމެރިކާގެ ސިޓީތަކަށް ނިއުކްލިއާ ހަތިޔާރުން ހަމަލާދިނުމުގެ ގާބިލްކަން ލިބިދާނެ ކަމަށެވެ.
ނަތަންޔާހޫ ބުނި ގޮތުގައި އިރާނުން ދަނީ ގާތްގަނޑަކަށް 8،000 ކިލޯމީޓަރުގެ ދުރުމިނެއް ކަމަށް ލަފާކުރެވޭ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ އިތުރަށް ބުނީ، އިތުރު 3،000 ކިލޯމީޓަރު ދުވުމުން މި މިސައިލްތައް އެމެރިކާގެ ބޮޑެތި ސިޓީތަކަށް ފޯރާނެ ކަމަށެވެ.
Benjamin Netanyahu warns the United States that Iran could soon be capable of targeting U.S. cities with nuclear weapons.
— Shadow of Ezra (@ShadowofEzra) December 25, 2025
Netanyahu says Iran is developing intercontinental ballistic missiles with an estimated range of 8,000 kilometers, and with an additional 3,000 kilometers… pic.twitter.com/32YoDQHpFz
ސަހްޔޫނީންގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ނިއުޔޯކް، ވޮޝިންޓަން، ބޮސްޓަން، އަދި މިއާމީ ފަދަ ސިޓީތައް އީރާނުގެ މިސައިލް ރޭންޖުގެ ތެރެއަށް ވަދެގެންދާނެ އެވެ. އަދި އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މާލަގޯގެ ގެއަށް ހަމަލާތައް އަމާޒުކޮށްފާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.
މި އިންޒާރުތައް ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށް ނަތަންޔާހޫ ވިދާޅުވެ، އީރާނުގެ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމްތައް އެމެރިކާއަށް ސީދާ ނުރައްކަލަކަށް ވުމުގެ ކުރިން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރެއްވިއެވެ.