theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަ އޮންލައިން
ހަބަރު
ޕީއެންއެފަށް ޝުކުރު ދަންނަވަން، ޕާޓީތަކާ ހަރަކާތްތެރިންގެ ތާއީދު ލިބޭނެ ކަމަށް އުއްމީދު ކުރަން: ޒަރިޔަންދު
Mariyam Isaadha
މަރިޔަމް އިސާދާ
26 ޑިސެމްބަރު 2025
މާލެ ސިޓީ

މާލޭގެ މޭޔަރު ކަމަށް ނިކުންނަން ނިންމި ނިންމުމުގައި ޕީއެންއެފުން އެއްބާރުލުން ދޭތީ ޕީއެންއެފަށް ޝުކުރު ދަންނަވާ ކަމަށާ އެހެން ޕާޓީތަކާ ހަރަކާތްތެރިންގެ ތާއީދު ވެސް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގައުމީ ކެންޑިޑޭޓު އިސްމާއިލު ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ޒަރިޔަންދު ހުންނަވާ ނަމަ ޕީއެންއެފުން ޒަރިޔަންދަށް ތާއީދުކޮށް ޕްރޮމޯޓުކުރާ ސަބަބާ މެދު މީހަކު އެކްސްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ، އޭނާ ފަދަ ކޮލީތެރޭން ބޭރު މީހަކު މާލޭގެ ރައްޔިތުންނަށްޓަކައި ހެޔޮއެދިގެންކުރާ މަސައްކަތަކަށް، "ޕީއެންއެފް" އިން ތާއީދުކުރެއްވުމަކީ އުފާ ކުރާ ކަމެއް ކަމަށާ އެކަމަށްޓަކައި އެ ޕާޓީގެ އެންމެހާ ފަރާތްތަކަށް އިންތިހާއަށް ޝުކުރުދަންނަވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ނުކުންނެވި ގައުމީ ޖިހާދުގައި އެހެން ސިޔާސީ ޕާޓީތަކުންނާ ހަރަކާތްތެރިންވެސް އޭނާއަށް ބައިއަތު ހިފާ މާލެ ސިޓީ ކައުންސިލް ހަމަމަގަށް އަޅުވާ މާލޭގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން އަތުކުރި އޮޅާލާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ޒަރިޔަންދު ކުރިން ވިދާޅުވެފައިވަނި އޭނާ ދެމި ހުންނާނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށާ އެއްވެސް މީހެއްގެ ގޮނޑި ކޮއްކޮއަކަށް އޭނާ ނުވާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved