
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އިން ހުދު ސަމާލު ނެރެފައިވަނީ ގދ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މިއަދު 17:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ.
މެޓުން ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެއްކަން ފާހަގަ ކުރެވެއެވެ.
މިދުވަސްވަރަކީ އާންމުގޮތެއްގައިވެސް ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުފަތުރު ކުރުމަށް ކަމާބެހޭ ވުޒާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.










