June 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަސްމާލެ ކައިރި ހިއްކާ ޑްރެޖު ކައިރި އިހުތިޖާޖު ކޮށްފި

Faina Faiz
ފައިނާ ފާއިޒް
Dec 27, 2025, 02:47 AM
މާލެ ސިޓީ

ރަސްމާލެ ކައިރި ރަށްތަކާއި ކައިރިން ވެލި ނަގއިގެން ރަސްމާލެ ހިއްކަމުން ގެންދާތީ ހިއްކާ ޑްރެޖު ކައިރި އިހުތިޖާޖު ކޮށްފިއެވެ.

Advertisement

މިއަދު 16:00 އިން ފެށިގެން 20 ސަކަށް ލޯންޗު ވަނީ އެ ޑްރެޖު ކައިރިއަށް އެއްވެ މިކަމާ ދެކޮޅަށް އިހުތިޖާޖު ކޮށްފައިއެވެ.

މި މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ މި ސަރަހައްދުތަކުން ވެލި ނެގުމުން އެ ސަރަހައްދުގައި ހުރި ފަޅުތަކާއި ދިރޭ ތަކެއްޗަށް ލިބޭނެ ގެއްލުން ކަމަށް އެމީހުން ފާހަގަކުރިއެވެ.

އެމީހުން ޑިމާންޑުކޮށްފައި ވަނީ މިހާރުން މިހާރަށް ރަށްތައް ކައިރިން ވެލި ނަގައިގެން ބިން ހިއްކުން ހުއްޓާލުމަށެވެ.

ރަސްމާލެ ކައިރިއޮތް ޑްރެޖު ވަށާލުމަށް ފަހު ޕޯސްޓަރުތަކާއި އެކު މި ރައްޔިތުން ވަނީ ސަރުކާރަށް އެމީހުންގެ މެސެޖު ވަރަށް ސާފުކޮށް ހާމަކޮށްދީފައިއެވެ. މިކަމާ ގުޅިގެން އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ސަރުކާރުން އެއްވެސް ޖަވާބެއް ދީފައިއެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved