theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ / ސޯޝަލް މީޑިއާ
ސިޔާސީ
ރަސްމާލެ ހިއްކަން މުޅި މާލެ އަތޮޅުގެ ފަރުތައް ތަޣައްޔަރުކުރުން ޒަރިޔަންދު ކުށްވެރިކޮށްފި
Faina Faiz
ފައިނާ ފާއިޒް
30 ޑިސެމްބަރު 2025
ރަސްމާލެ

ރަސްމާލެ ހިއްކަން މުޅި މާލެ އަތޮޅުގެ ފަރުތައް ތަޣައްޔަރުކުރުން ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ކުށްވެރިކޮށްފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ރަސްމާލެ ހިއްކުމަށް އަޅަންޖެހޭ ވެށީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ، ޓޫރިސްޓް ރިސޯރޓުތަކުން ފުރިފައިވާ މާލެއަތޮޅުގެ އެތެރެވަރިން ވެލި ނަގައި މުޅި އަތޮޅުތެރެ ގަރަގުކޮށްގެން ވެލި އެޅުމަކީ ދިވެހި ރައްޔިތުންގެ ނަމުގައި އަދި ޚާއްސަކޮށް މާލޭގެ ރަށްވެހިންގެ ނަމުގައި ހިންގާ ތިމާވެށި ހަލާކުކޮށްލުމުގެ ޖަރީމާއެއް ކަމަށެވެ.

މީގެ އިތުރުން މިފަދަ ވިސްނުންކޮށި، ރޭވުންތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުރަނގަޅު އަސަރުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ އިޤްތިސާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތުގެ މޫދު ހަރަކާތްތަކާއި، ޑައިވިންގ ހަރަކާތްތަކާއި، އެކްސްކާޝަން ހަރަކާތްތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވުން ކަމަށް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ޒަރިޔަންދު ވިދާޅުވީ، ރާއްޖެއަށް 2019 ވަނަ އަހަރުން ފެށިގެން ޝާރކް ވޮޗިންގއަށް 14.4 މިލިޔަން ޑޮލަރ، މަންތާރޭ ބެލުމާއި އެކްސްކާޝަން އަދި ގުޅުންހުރި މޫދު ހަރަކާތްތަކުން 227.3 މިލިޔަން ޑޮލަރ އަހަރީ އެވްރެޖެއްގެ ގޮތުގައި ލިބޭކަމަށް ބެލެވޭކަމަށެވެ.

ރައްޖޭގެ މައިގަނޑު އާމްދަނީ ލިބޭ މަސްދަރުކަމުގައިވާ ފަތުރުވެރިކަމުގެ ޕީކް ސީޒަން އަކީ ބޭރު ގައުމަތަކަށް ފިނި މޫސުން އަންނަ ދުވަސްވަރެވެ. މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރިސޯޓު ތަކުގެ ފުލް އެކިއުޕެންސީ ލިބޭއިރު، މިދުވަސްވަރާ ދިމާކޮށް މާލެ އަތޮޅުގައި ފަރުތަކާއި ސާފު ކަނޑުތަށް ތަޣައްޔަރުވާގޮތަށް ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާތީ މިކަމާ ދެކޮޅަށް ރައްޔިތުން އަންނަނީ އަޑު އުފުލަމުންނެވެ.

ރަށްތަކާއި ރިސޯޓުތައް ކައިރިން ވެލި ނަގަމުން ގެންދާތީ އެ ސަރަހައްދުތަކުގެ ކަނޑުގެ ސަރަހައްދުގެ ވިޒިބިލިޓީ ދަށްވުމުން ފަތުރުވެރިކަމަށް ހީނަރުކަން އައިސްދާނެ ކަމަށްވެސް އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ މޫދު ހަރަކާތްތަކާއި، ޑައިވިންގ ހަރަކާތްތަކާއި، އެކްސްކާޝަން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ދަތިތައް ކުރިމަތިވަމުން އަންނަކަމަށްވެސް ރިސޯޓު މުވައްޒަފުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved