April 8, 2026
Advertisement
ރަސްމާލެ ޕްރޮޖެކުޓު އިފްތިތާހުކުރުމުގެ ތެރެއިން
ރަސްމާލެ ޕްރޮޖެކުޓު އިފްތިތާހުކުރުމުގެ ތެރެއިން / ރައީސް އޮފިސް

ރަސްމާލެއިން ހިއްކާ ކޮންމެ ކޮޑި މީޓަރުން 2 ޑޮލަރުގެ ވައްކަމެއް ކުރާކަމުގެ މައުލޫމާތު ލިބޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 29, 2025, 11:42 PM
މާލެ ސިޓީ

ރަސްމާލޭގެ ނަމުގައި ބިން ހިއްކަމުންދާ މަޝްރޫއުގެ ތެރެއިން ވެސް ބޮޑެތި ވައްކަން ކުރަމުންދާކަމުގެ މައުލުމާތު އެމަނިކުފާނާ ހަމައަށް ލިބިވަޑައިގެންފައިވާ ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި އިންނަވާ އާދިއްތަ ދުވަހުގެރޭ އެމަނިކުފާނު ވިދާޅުވީ، ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ  ހިއްކުމުގެ މަސައްކަތް ކުރަން ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީ އިން ހުށަހެޅި ކަމަށާއި އެ ކުންފުނިން ހުށަހެޅި އަގުތައް ގަބޫލުނުކޮށް އެއަށް ވުރެ ބޮޑު އަގުގައި ބޭރުގެ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރަސްމާލެއިން ހިއްކާ ކޮންމެ ކޮޑި މީޓަރުން 2 ޑޮލަރުގެ ވައްކަމެއް ކުރާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާ ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރާނަމަ އެ ވައްކަމެއް ނުކުރެވޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެއީ ފިނޭންސް މިނިސްޓަރާ އަދި އެމްއޭސީއެލްގެ ސިއީއޯވެސް ގުޅިގެން، ރައީސް މުއިއްޒަށް މަންފާ ހޯދައިދިނުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޮންމެ ކޮޑި މީޓަރަކުން އެ ދާންވާ ދިމާއަކަށް ދެ ޑޮލަރު، އެމެރިކާގެ ދެ ޑޮލަރު އެބަދޭ. ސީއީއޯއަކަށް އެހުރި ޝަރީފު އާއި ފިނޭންސް މިނިސްޓަރު ޒަމީރު މިހުރިހާ ވައްކަންތަކެއް ކޮށްދެނީ މިހާރު މުއިއްޒުއަށް. ހިޔާލަށް ގެންނަވާ ކިތައް ކޮޑިމީޓަރުތޯ އެތަނުން ހިއްކަން ޖެހޭނީ. ކޮންމެ ކޮޑިމީޓަރަކުން އެ ދާންވާ ދިމާއަކަށް ދެ ޑޮލަރު އެބަ ދޭ.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ މިސަރުކާރުން ޕްރޮޖެކުޓުތައް ހިންގުމުގެ ނަމުގައި ވެސް ރައްޔިތުންނަށް ދެނީ ދޯކާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved