theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
މުއިއްޒުއަށް ކަމުނުދާ މީހުން ނުލައި ޕީއެންސީ ޕްރައިމަރީ ކުރިއަށް ގެންގޮސްފި
Yana Shareef
ޔާނާ ޝަރީފް
27 ޑިސެމްބަރު 2025

ބޭނުން ބަޔަކަށް ޓިކެޓު ދީގެން ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީއެންސީ ޕްރައިމަރީ ކުރިޔަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނުން ފެށިގެން ހަވީރު 4 އަކާ ހަމައަށް ކުރިއަށް ގެންދިޔަ މި ޕްރައިމަރީ އަކީ ރައީސް މުއިއްޒު ބޭނުންވެގެން ބޭއްވި ޕްރައިމަރީއެއް ނޫންކަމަށް ޗެނަލް 13 އަށް މައުލޫމާތު ލިބިފައިވެއެވެ.

ބައެއް ރަށްރަށުގައި ވެސް ޕްރައިމަރީގައި ވާދަކުރުމަށް ކެންޑިޑޭޓުން ފޯމު ލުމުން ވަނީ މަޖުބޫރުކޮށްގެން ނަން ނަގުވާފައެވެ. މުއިއްޒު އަދި ޕީއެންސީގެ ބޮޑުން ބޭނުންވާ ބަޔަކަށް ޓިކެޓު ދިނުމަށް މިފަދައިން ކަންތައް ކުރިއިރު މިއީ މިފަދަ ގޮތަކަށް ބޭއިންސާފުވި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށްލެވެއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވެސް މުއިއްޒު ކަންތައް ކުރީ ހަމަ މިފަދައިންނެވެ. ޕްރައިމަރީ ބާއްވައިގެން މޮޅުވި ކެންޑިޑޭޓަށް ޓިކެޓު ނުދީ މުއިއްޒު ބޭނުންވި މީހުންނަށް ޓިކެޓު ދިނެވެ.

ކައުންސިލް އިންތިޚާބުގެ ކަންކަމާ ގުޅޭގޮޮތުން ހުރިހާ ރަށެއްގެވެސް ސްޓޭރިން ކޮމިޓީގެ ރައީސުންނާ މުއިއްޒު ވަނީ މުލިއާގޭގައި ބައްދަލުކުރައްވާފައެވެ.

އަދި ބައްދަލުވުމުގައި މުއިއްޒު ވަނީ ޕްރައިމަރީއަކަށް ދޭން ބޭނުން ނުވާކަމަށާއި ނަމެއްގައި މިކަން ކުރަން ރާވާފައިވާތީ ނަން ހުށަހަޅާ ފަރާތްތަކަށް ވަޒީފާއާއި ފައިސާ ހުށަހަޅައިގެން ނަން ނަގުވަން މަޖުބޫރުކުރުމަށް އަަމުރުކޮށްފައެވެ.

ޕީއެންސީން މިގޮތަށް އަމަލުކުރުމުން ގިނަ ބަޔަކު ވަނީ އެ ޕާޓީން ވަކިވެސް ވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved