މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓު ފޮއްޓަށް ވަގު ވޯޓު އެޅުމުން ހަމަނުޖެހުން ހިންގައިފިއެވެ.
ފޭސްބުކްގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި ވޯޓު ގުނަމުންދިޔަ ވަގުތު އެތަނުގައި ކެންޑިޑޭޓެއްގެ އޮބްޒާވަރެއް ވަނީ ވޯޓު ކަރުދާސް އަތުލުމަށްފަހު އެއްލާލާ ހަޅޭއްލަވާފައެވެ.
ވޯޓު ފޮއްޓަށް ވަގު ވޯޓު އަޅަނީކަމަށް ބުނެ ބޭރުގައި ތިބި ބަޔަކު އެތެރެއަށް ވަންނަ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.
މިއަދު ޕީއެންސީން ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ ޕްރައިމަރީގެ ވޯޓުލުން ހެނދުނު ފެށިގެން ހަވީރު 4 ޖެހިއިރު ވަނީ ނިންމާލާފައެވެ.
75،000 އަށްވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީއެއްގައި ޕްރައިމަރީގައި ވޯޓުލީ ގާތްގަނޑަކަށް 8000 މީހުންނެވެ.