theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
އިންޑިއާގެ މަޖިލިސް މެންބަރަކު ބަންގްލަދޭޝް ޣައްޒާއަށް ބަދަލުކުރާނެ ކަމުގެ އިންޒާރު ދީފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
30 ޑިސެމްބަރު 2025
މާލެ ސިޓީ

އިންޑިއާގެ މަޖިލިސް މެންބަރަކު ބަންގްލަދޭޝްއާ މެދު ދައްކަވާފައިވާ ވާހަކަތަކެއްގެ ސަބަބުން ސަރަހައްދުގައި ނުތަނަވަސްކަން އުފެދިއްޖެއެވެ. އެ މެންބަރު ބުނެފައިވަނީ ބަންގްލަދޭޝް "ޣައްޒާ" އަށް ބަދަލުކޮށްލާނެ ކަމަށެވެ.

މި މެންބަރަކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް މެންބަރެއް ކަމަށްވާ ސުވެންދޫ އަދިކާރީއެވެ.

އިންޑިއާގެ މި މަޖިލިސް މެންބަރުގެ ވާހަކައިގައި، ޣައްޒާއަކީ ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައި ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއ ޣައްޒާއަކީ މިހާރުވެސް ސަހްޔޫނީންގެ އަނިޔާވެރި ހަމަލާތަކުގެ ދަށުގައި އޮތް ބިމެއް ކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެތަނުގެ އާންމުން ދިގުދެމިގެންދާ ހަމަނުޖެހުންތަކާއި، ބޮޑެތި ތަކުލީފުތަކާއި، ބޮޑެތި ގެއްލުންތަކާ ކުރިމަތިލަމުން ދާއިރު އެތަނަކީ އިންޒާރެއްގެ ގޮތުގައި ނުވަތަ ނުރައްކަލެއްގެ ގޮތުގައި ދައްކައި ބިރުދެއްކުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަމާ ދެކޮޅު ހަދަންޖެހޭނެ ކަމެކެވެ..

މިފަދަ ވާހަކަތަކެއް އިންޑިއާއިން ދެއްކުމުން ދޭހަވަނީ، އިންޑިއާއިން ޣައްޒާއަށް ހަމަލާދިނުމަށް ތާއީދުކޮށް، އެފަދަ އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރުދޭކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އިންޑިއާގެ އިންތިޚާބުވެފައިވާ އޮފިޝަލަކު މިފަދަ ބަސްތައް ބޭނުންކުރުމުން، އިންޑިއާ ސަރުކާރުގެ އަނިޔާވެރި ސިޔާސަތުތަކާއި ހަރުކަށިކަން ހާމަވެގެންދެއެވެ. މިފަދަ ބަސްތަކަކީ ހަމައެކަނި ބަންގްލަދޭޝްގެ ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަން އުފައްދާނެ ކަމެއް ނޫނެވެ. މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް މިކަންކަން ބަލައިގަންނަން އުނދަގޫވާނެއެވެ.

މި ސްޓޭޓްމަންޓްގެ ސަބަބުން، މިހާރުވެސް އިންޑިއާ އާއި ބަންގްލަދޭޝް އާއި ދެމެދު ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެ ގުޅުން އިތުރަށް ގޯސްވާނެކަމަށް ބެލެވެއެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ހިތްހަމަ ނުޖެހުން އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved