ފަހު ޒަމާނުގައި އިލްމު ގެއްލޭނެ ކަމަށް ރަސޫލާ ކުރައްވާފައިވާ ހަދީޘްގެ ހަގީގަތް ރާއްޖެއިން ފެންނަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ ޖަމީލު ވަނީ ސަރުކާރުގެ ތޔެރޭގައި ތައުިމާ ތަޖުރިވާގެ މުހިއްމުކަން ނުފެންނާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުގައި މަގާމުތަކާ ތަންތަނުގެ ވެރިންގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވަނީ ސިޔާސީ ބޭނުމަށް ތިބި ބައެއް ކަމަށާ އެމީހުންނަކީ ރައީސް މުއިއްޒު ބުނިއްޔާ ބުނިހާ ގޮތެއް ހަދާ އެމަނިކުފާނުގެ ޖީބަށް ބޮޑުކޮށްދޭން ތިބި ބައެއް ކަމަށްވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
އެކަންކަމުން ދޭހަވަނީ ފަހު ޒަމާނަށް އައުމުން އިލްމު ފޮހެވި ދޮގު ތެދުކުރާނެ ބަޔަކު އަންނާނެ ކަމަށާ އެފަދަ މީހުންނަށް ގިނަ ބަަޔކު ބޯލަނބާނެ ކަމަށް ރަސޫލާ (ޞޢޥ) ހަދީޘު ކުރައްވާފައިވާ ހަދީޘުގެ ހަގީގަތް ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލު ވަނީ ސަރުކާރުގެ ދޯހަޅިކަންކަން ފާހަގަކޮށް ވާހަކަދެއްކުމުން، އެމަނިކުފާނު އުޅުއްވނީ މަގާމެއް ނުލިބިގެން ކަމަށް ބުނާ މީހުންނަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން ޑރ ޖަމީލު ވިދާޅުވީ ދައުލަތުގެ މަގާމެއް ދުވަހަކު ނުލިބުނަސް ކއިގެން ބޮއިގެން އުޅޭނެ ކަމަށެވެ.