February 22, 2026
Advertisement
-
- / ޕީއެސްއެމް

އެފްއައިޔޫގެ ވެރިޔާ ސާޖިދު މަގާމުން ސަސްޕެންޑްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 30, 2025, 11:39 PM
މާލެ ސިޓީ

ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއީލް ސާޖިދު މަގާމުން ސަސްޕެންޑުކޮށްފި އެވެ.

Advertisement

ސާޖިދު މަގާމުން ސަސްޕެންޑުކުރިތާ ދެ ދުވަހެއްވަރު ވެފައިވާއިރު، މިކަމުގެ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ސާޖިދު އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައްޔަނު ކުރީ މިދިޔަ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހު އެވެ. އޭރު އެ މަގާމުގައި ހުންނެވީ އަބްދުالله އަޝްރަފް އެވެ.

އަޝްރަފު މަގާމުން ދުރުކޮށް ސާޖިދު މި މަގާމަށް އައްޔަނު ކުރީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫއިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ ގަޑިއިރުތަކެއް ނުވަނީސްއެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ.

މިއީ މާލީ ކުށްތައް ތަހުގީގުކޮށް، އެފަދަ ކުށްތަކާ ގުޅުންހުރި މައުލޫމާތު އެއްކޮށް އަދި ބެލެހެއްޓުމަށް ޒިންމާވާ ޔުނިޓެކެވެ. ސާޖިދުގެ ސަސްޕެންޝަނާ ގުޅިގެން އިތުރު ތަފްސީލުތައް ހާމަވެފައި ނުވި ނަމަވެސް، މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.

މި ސަރުކާރަކީ ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް ގިނަވެފައިވާ ސަރުކާރަކަށްވާއިރު މި އަދަބުގެ ފަހަތުގައިވެސް ސަރުކާރުގެ އިސްވެރިއެއްގެ މައްސަލައެއް އޮންނާނެ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved