theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ރިޕޯޓު
ރައްޔިތުންގެ 10 ޕަަސެންޓް މީހުންގެ ވެސް ތާއިދު ނެތް މީހެއްގެ ހިޔަނި ބޯ މައްޗަށް އަރުވައިގެން ފެށި އައު އަހަރު ކިހާ ވަރަކުން ދާނެބާ؟
Yana Shareef
ޔާނާ ޝަރީފް
01 ޖެނުއަރީ 2026

އައު އަހަރު ފާހަގަކުރުމަށް ހަވާ އެރުވުމާއި ޑްރޯން ޝޯވް ދެއްކުމަކީ ޒަމާނުއްސުރެއް ދިވެހީންތެރޭ އާންމުކަމެކެވެ. ނަމަވެސް ޑްރޯން ޝޯވް ތަކުގައި ގައުމުގެ ވެރިޔާގެ ހިޔަނި ދައްކާ ޕްރޮމޯޓުކުރި މިއީ ފުރަތަމަ ފަހަރެވެ.

އާ އަހަރު ފާހަގަކުރުމަށް މާލޭގައި ބޭއްވި ޑްރޯން ޝޯގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ ގޮތަށް ޑްރޯންތައް އެތުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައާއި އާންމުންގެ މެދުގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.

ކޮންމެ ހަފުލާއަކާ ނުވަތަ ކޮންމެ މުނާސަބަތަކާ ގުޅުވައިގެން ވެރިންގެ ބޮޑެތި ފޮޓޯއާއި، ސްޓެޗޫ ނުވަތަ އެފަދަ ރަމްޒުތައް ދެއްކުމަކީ ދުނިޔޭގެ ތާރީޚުގައި ހުދުމުހުތާރު ވެރިންގެ ކިބައިން ފެންނަ ވަރަށް އާންމު ސިފައެއްކަމަށް ވެސް ގިޔަބަޔަކު ބުނެއެވެ.

ވެރިކަމަށް އައީ ރައްޔިތުންނަށް އެވެނި މިވެނި ކަމެއް ކޮށްދެއްވާނެކަމުގެ ވައުދުތައް ވުމަށްފަހުއެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރާއި ދެ މަސް ވެގެންދިޔައިރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މި ވެރިޔާ ދެކެ ވަނީ ފޫއްސެވެ. ވެރިކަމަށް އައުމަށް ރައްޔިތުންގެ މެދުގައި އެހާ މަގުބޫލުވީ ވެސް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އެންޑޯޒް ކުރެއްވި ކެންޑިޑޭޓެއްވީމައެވެ. އެ މަގުބޫލުކަމެއްވެސް މިއަދަކު ނެތެވެ.

ރައްޔިތުންގެ ފައިސާއިން އެތައް މިތަނަށް ދަތުރުކުރުމާއި ރައްޔިތުން ގުނބޯ ހެއްދުމުގައި ދުއްވާލީ ދެ އަަހަރެވެ. މި ސަބަބުތަކާހުރެ ވެސް ރައްޔިތުން ތެރެއިން 10 ޕަސެންޓުގެ މީހުންވެސް ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް ތާއިދުނުކުރެއެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ޑްރޯން އެރުވިއިރުވެސް ތިމަންމަނިކުފާނު ޕްރޮމޯޓު ކުރެވޭތޯ ބެލި ބެލުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ވާނީވެސް އެހެންތާ، ޑްރޯން ޝޯ ބަލަން އާއިލާއާއި ރަހުމަތްތެރިންނާއެކު ދިޔަ އިރު ވެރިމީހާ ގެ ޝަހުސު ދައްކާ އިޝްތިހާރުކޮށްލީއެވެ. ޑްރޯން ޝޯ ބެލި މޮޔަ ހިތައް އަރައިގެން ވެސް ގިނަ ބަޔަކު މީސްމީޑިއާގައި ފާޑުކިޔައެވެ،

އައު އަހަރު ފެށީ ވެސް މޮޅެތި ވާހަކަތަކަކުންނެވެ. އެގޮތުން މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލްކުރާނޭ އަހަރަކަށްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ކޮންމެ އަހަރެއް ފަށާއިރު ރައްޔިތުންނަށް އިތުރު އުންމީދުތަކެއް ދިނުމަށްފަހު އުންމީދުތަކުގައި ކޮޅު ފައިން ޖަހާލަނީ ހިތަށް އެއްޗެއްވެސް ނުގެނެއެވެ.

ހުދުމުހުތާރު ވެރިކަމެއް ކުރުމަށް އަތްކުރި އޮޅާލައިގެން ހުންނަވާ ވެރިއަކަށް ރައްޔިތުން އެދޭ ކަންކަން ކުރަން ކެރިވަޑައިގަންނަވާނެތޯއެވެ. މިއަހަރު ވެސް ވެގެންދާނީ ވޭތުވެދިޔަަ ދެ އަހަރަށް ވިހެންނެވެ. އެއްވެސް އުންމީދެއް ނެތެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved