March 15, 2026
Advertisement
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން
ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން / ތޭރަ އޮންލައިން

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާ މިރޭ ނޯންނާނެ!

Jan 1, 2026, 11:34 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބާއްވަން އޮތް ޖަލްސާ ކެންސަލްކޮށްފިއެވެ.

Advertisement

ޖަލްސާ މިރޭ ނުބާއްވާ ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް އަންނަ އާދިއްތަ ދުވަހު ޕާޓީގެ ޖަލްސާއެއް އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕީއެންއެފް އިން އަންނަނީ ގައުމީ މިނިވަންކަމާއި އިސްލާމީ ޝިއާރުތައް ދިފާއުކޮށް ރައްޔިތުންގެ ތެރެއަށް ނިކުމެ، އެމީހުންގެ ސިޔާސަތުތައް ހުށަހަޅަމުންނެވެ.

މި ޖަލްސާތަކަށް ދިވެހި ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މީގެ އިތުރުން ގައުމުގައި ހުރި ގިނަ ކަންކަން އިސްލާޙުކޮށް ބަދަލު ގެނައުމަށް ޕިއެންއެފުން ވަނީ ގައުމީ ބޮޑު ކެމްޕެއިނެއް، "ރީސެޓު"ގެ ނަމުގައި މިދިޔަ ބުދަ ދުވަހުގެރޭ އިފްތިތާހުވެސް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved