April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސޯމާލިއާ އާއި ސަހްޔޫނީންނާއި ދެމެދު އެއްބަސްވުމެއް: ފަލަސްތީނު ރައްޔިތުން ސޯމާލިލެންޑަށް ބަދަލުކުރުމުގެ މަޝްވަރާތަކެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 2, 2026, 07:57 PM
މާލެ ސިޓީ

ސޯމާލިއާ އާއި ސަހްޔޫނީންނާއި ދެމެދު ގުޅުން ގާއިމުކުރުމުގެ ގޮތުން މުހިއްމު ތިން ފިޔަވަޅެއް އެޅުމަށް އެއްބަސްވެފައިވާ ކަމަށް ސޯމާލިއާގެ ރައީސް ހަސަން ޝެއިޚް މުހައްމަދު އިޢުލާނު ކުރައްވައިފިއެވެ.

Advertisement

މި އެއްބަސްވުންތަކާ ގުޅޭގޮތުން ރައީސް ހަސަން ޝެއިޚް މުހައްމަދު ވިދާޅުވީ، ސަހްޔޫނީން ސޯމާލިއާއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ދެ ގައުމުގެ ދެމެދުގައި ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މިއީ ސަރަހައްދީ ސިޔާސީ މަސްރަހަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

މި އެއްބަސްވުމުގެ ދަށުން އެޅުމަށް ނިންމާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅަކީ، ސަހްޔޫނީންގެ އުދުވާނުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ސޯމާލިލެންޑަށް ބަދަލުކުރުމެވެ. ރައީސް ވިދާޅުވި ގޮތުގައި، ބައިނަލްއަގްވާމީ މުޖުތަމައުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ބަދަލުގައި، މިވަގުތު ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް ސޯމާލިލެންޑުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި އެއްބަސްވުމުގެ މުހިއްމު ބައެކެވެ.

މި ނިންމުމަކީ ސަހްޔޫނީން ފަލަސްތީނުގެ ބިންތަކުން ފަލަސްތީނު ރައްޔިތުން ބޭރުކޮށްލުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ ބާރެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. ސޯމާލިއާ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ސަހްޔޫނީން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ބައިނަލްއަގްވާމީ ދުނިޔެއިން ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި އެއްބަސްވުމުގެ ސަބަބުން ސޯމާލިއާގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވަމުންނެވެ. ޚާއްޞަކޮށް އިސްލާމީ އުންމަތުގެ މުހިއްމު މައްސަލައެއް ކަމަށްވާ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް، އެހެން ގައުމަކަށް ފޮނުވާލުމަށް އެއްބަސްވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved