theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ތޭރަ އޮންލައިން
ސިޔާސީ
ހަނިމާދޫ އެއާޕޯޓާ ގުޅުވައި "ދަ ހިންދޫ" އިން ރިޕޯޓުކުރީ ދޮގު ޚަބަރެއްކަމަށް ދިވެހި ސަރުކާރުން ބުނެފި
Yana Shareef
ޔާނާ ޝަރީފް
02 ޖެނުއަރީ 2026

ހަނިމާދޫ އެއާޕޯޓުގެެ ހިންގުން އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭކަމަށްބުނެ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ "ބީޖޭޕީ" އިން ފަންޑުކުރާ "ދަ ހިންދޫ" އިން ހެދީ ދޮގުކަމަށް އާންމުކޮށް ދޮގު ހަދާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ ކްރެޑިޓް ލައިންގެ އެހީގައި ހދ. ހަނިމާދޫ ގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ އެހީއަށް ރާއްޖޭން އެދިފައިވާ ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު އަރިހު އެގޮތަށް އެދިވަޑައިގެންފައިވަނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވެސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓެއް ވެސް ހިންގަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ އޮތް ދިވެހި އޮޕަރޭޓަރުން ކަމަށެވެ. އަދި އެއާޕޯޓުތަކުގެ ހިންގު ރާއްޖޭގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ބޭއްވުމަކީ ސަރުކާރުގެ ސްޓޭންޑުކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ހަނިމާދޫ އެއާޕޯޓާ ގުޅޭގޮތުން ދަ ހިންދޫ ގައި ބުނެފައިވަނީ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީއަށް ރާއްޖެ އިން އެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) ގައި އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށެވެ.އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގައި އެ ގައުމުގެ ސަރުކާރުން މި ނިމޭ ހަފްތާގެ ކުރީކޮޅު އެދިފައިވަނީ ދިވެހި ސަރުކާރުގެ އެ 'ޕްރޮޕޯސަލް' ދިރާސާ ކުރުމަށް ކަމަށް ސަރުކާރުގެ އިިސް އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ އިން ބުނެފައިވެ އެވެ.

މީގެކުރިން ވެސް މިފަދަ ވާހަކަތަކެއް ދެކެވުމާއި ގުޅިގެން ސަރުކާރުން ވަނީ އެކަން ދޮގު ކުރައްވާފައެވެ. އެހެންނަމަވެސް މިއީ ދޮގެއްކަމަށާއި މުއިއްޒު ސަރުކާރުން މަސަެއްކަތް ކުރަނީ މޭޒު ދަށުން ހަނިމާދޫ އެއާޕޯޓު އިންޑިއާއަށް ވިއްކާލަންކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

https://x.com/ameen3d/status/2006985412263424399?s=20
ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved