March 15, 2026
Advertisement
ވޯޓުލައި ނިމުމުން ވޯޓުތައް ގުނަނީ
ވޯޓުލައި ނިމުމުން ވޯޓުތައް ގުނަނީ / އެޑިޝަން.އެމްވީ

ކައުންސިލް އިންތިޚާބުގެ ޓްރެއިނަރުންގެ ތަމްރީނު ޕްރޮގްރާމު ފަށައިފި

Yana Shareef
ޔާނާ ޝަރީފް
Jan 3, 2026, 08:44 PM

މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި, ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ޙަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް" (ޓީއޯޓީ) ޕްރޮގްރާމު މިއަދު ފަށައިފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނިގޮތުގައި މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤުޞަދަކީ، އިންތިޚާބު ކުރިއަށްދާއިރު މާލެއާއި އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ޤާނޫނުތަކާއި ޤަވާއިދުތަކުގައިވާ ގޮތުގެމަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް ކިޔައިދިނުމާއި، އެ ފަރާތްތައް މި މަސައްކަތަށް ތައްޔާރުކުރުން ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމްގައި އިންތިޚާބުގެ ކަންކަން ޢަމަލީގޮތުން ހިންގުމަށް ބޭނުންވާ ޢިލްމީ އަދި ފަންނީ ތަމްރީނު ދޭނެކަމަށް އީސީން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން ޖަނަވަރީ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލޭ، ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ކަމަށްވެސް އީސީން ބުންޏެވެ.

އީސީން ހާމަކުރިގޮތުގައި، މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުންވެސް މި ޕްރޮގްރާމްގައި ބައިވެރިވެއެވެ.

ހަމައެއާއެކު، މި ޓްރެއިނިންގ ޕްރޮގްރާމަށްފަހު، މާލެއާއި އަތޮޅުތަކުގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށް އީސީން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved