March 19, 2026
Advertisement
ވޯޓާސް ލިސްޓުގައި ސޮއިކުރަން އަލުން ފަށައިފި
ވޯޓާސް ލިސްޓުގައި ސޮއިކުރަން އަލުން ފަށައިފި

ވޯޓާސް ލިސްޓުގައި ސޮއިކުރަން އަލުން ފަށައިފި

Mar 19, 2026, 01:49 PM
މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދު ކަނޑާލުމަށް ފަހު އަލުން ސޮއިކުރަން ފަށައިފިއެވެ.

Advertisement

އިންތިހާބީ މަރުކަޒު ކައިރީގައި ހުރި ގުދަބެއްގައި އަލިފާނުގެ ބޮޑޫ ހާދިސާއެއް ހިނގުމާ ގުޅިގެން ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދު ކަނޑާލީ ބުދަ ދުވަހުގެ ރޭއެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލިސްޓުގައި ސޮއިކުރުން މެދު ކަނޑާލުމަށް ލިސްޓުގައި ސޮއިކުރުން އަލުން ފަށަފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން އިންތިޚާބުގެ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި، ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިއަށް ދާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތުދެއެވެ.

އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މީޑީޔާތަކަށް މައުލުމާތު ދެއްވަމުން ވިދާޅުވެފައިވަނީ،  އަލިފާނުގެ ހާދިސާ ހިނގި ތަނުގެ ކައިރީގައި ހުރި އިންތިޚާބާ ބެހޭ މަރުކަޒުގައި ހުރި ހުރިހާ މުހިންމު ލިޔެކިޔުންތަކެއް ރައްކާތެރިކަމާއެކު މިހާރު އެހެން ތަނަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ކުރިންވެސް ކަނޑައަޅާފައިވާ ތާރީޚަށް އިންތިޚާބު ބޭއްވުމުގައި އެއްވެސް ހުރަހެއް ނުވަތަ މައްސަލައެއް ކުރިމަތިވެފައި ނުވާކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އީސީއިން ހާމަކުރި އަދާހަމަ މައުލޫމާތުގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް އިންތިޚާބީ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިހާރު ސޯޝަލް ސެންޓަރުގައި ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved