March 19, 2026
Advertisement
ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި
ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި / އިލެކްޝަންސް ކޮމިޝަން

ވޯޓާސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި

Mar 19, 2026, 01:02 PM
މާލެ ސިޓީ

ކުރިއަށް އޮތް އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މެދުކަނޑާލައިފިއެވެ.

Advertisement

ލިސްޓުގައޮ ސޮއިކުރުން މެދުކަނޑާލައިފަނީ ބުދަ ދުވަހުގެ ރޭ އިންތިޚާބާބޭހޭ މަރުކަޒު އާ އިންވެގެން ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންކަމަށެވެއެވެ.

 އިލެކްޝަންސް ކޮމިޝަނުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިންތިޚާބާބޭހޭ މަރުކަޒާ ވަރަށް ކައިރީގައި ހުރި ގުދަނެއްގައި ކަމަށެވެ.

ސޮއިކުރުން ހުއްޓާލީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.

އީސީން ބުނި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އިންތިޚާބާބޭހޭ މަރުކަޒުގެ މުހިންމު ތަކެތި ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެގޮތުން އެ މަރުކަޒުގައި ހުރި ތަކެތި އެތަނުން ނެރެ، ކައިރީގައި ހުރި ތޮއިބާ މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ކޮމިޝަނުގެ މުވައްޒަފުން ދަނީ ކުރަމުންކަމަށް ވެސް އީސީއިން ބުނެފައިވެއެވެ.


ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް އަލުން ފަށާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved