March 20, 2026
Advertisement
ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު އިތުރުކޮށްފި
ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު އިތުރުކޮށްފި / އިލެކްޝަންސް ކޮމިޝަން

ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު އިތުރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 20, 2026, 04:50 PM
މާލެ ސިޓީ

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައިއާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މުއްދަލު އިލެކްޝަން ކޮމިޝަނުން އިތުރުކޮށްފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، 4 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު (2026/2) ގައިވާ ސުވާލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ބޭނުންކުރާ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.

އެގޮތުން 21 މާރިޗު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 01:00 އާ ހަމައަށް ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ސޮއިކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް އީސީއިން ހާމަކޮށްފައިވެއެވެ.

މިގޮތަށް ހަމަޖެއްސީ އިންތިޚާބީ މަރުކަޒު ކައިރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމަށާ އެހެންކަމުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ލިސްޓުތައް ކަށަވަރުކޮށް ސޮއިކުރުމުގެ ކަންކަން ނިންމުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ. 

އަލިފާނުގެ ހާދިސާއާ ގުޅިގެން  އިންތިޚާބުގެ އިދާރީ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހުނު ނަމަވެސް ކަނޑައެޅިފައިވާ ތާރީޚަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved