theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޑީއެންއާރުތެރޭ ވަގު ފޯމު ފުރިތަނުގައި ހޯމް މިނިސްޓަރު އަލީ އިހުސާން / ސޯޝަލް މީޑިއާ
ސިޔާސީ
ވަގު ފޯމު ފުރައިގެން އީސީއިން ޖޫރިމަނާކުރި ޕީއެންސީ އޮތީ އަދިވެސް ލިސްޓުގެ އެންމެ ކުރީގައި!
Yana Shareef
ޔާނާ ޝަރީފް
04 ޖެނުއަރީ 2026

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ތެރޭ ވަގު ފޯމު ފުރުމުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކުރި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 74،048 މެމްބަރުން ތިބިކަމަށް އެ ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުން ހާމަވެއްޖެއެވެ.

އީސީން މިދިޔަ އަހަރު ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް ހާމަކުރި ލިސްޓުގައި 10،000 މެންބަރުން ހަމަވަނީ ދަފްތަރުގައި ތިބި ނުވަ ޕާޓީގެ ތެރެއިން ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެކަންޏެވެ. ޖޭޕީގައި މިދިޔަ އަހަރުގެ ނިޔަލަށް 12،343 މެންބަރުން ތިއްބެވެ.

ޕީއެންސީން ވަގަށް މީހުން ވެއްދި މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިގެން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ ތެރޭ، އެ ތަނުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މެންބަރުން ވައްދަން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ ފޮޓޯއެއް ވެސް ލީކުވިއެވެ. މިކަން ފަޅަައެރުމުން އީސީން ވަނީ އެ ޕާޓީ ޖޫރިމަނާ ވެސް ކޮށްފައެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު:

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 74،048 މެންބަރުން

  2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 43،784 މެންބަރުން

  3. ޖުމްހޫރީ ޕާޓީ (ޖޭޕީ) - 12،343 މެންބަރުން

  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 9،686 މެންބަރުން

  5. އަދާލަތު ޕާޓީ (އޭޕީ) - 8،267 މެންބަރުން

  6. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - 5،133 މެންބަރުން

  7. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) - 3،012 މެންބަރުން

  8. ދަ ޑިމޮކްރެޓްސް - 2،952 މެންބަރުން

  9. މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) - 1،710 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ތިބި މެންބަރުންނާއި އަޅާކިޔާއިރު ޕީއެންސީއަށް އަހަރުގެ ބާކީ ދުވަސްތަކުގެ ތެރޭގައި 5،383 މެންބަރުން ވަނީ އިތުރުވެފަ އެވެ. އެ މުއްދަތުގައި އެމްޑީޕީއަށް އިތުރުވީ 19 މެންބަރުންނެވެ.

އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ވަކިވެފައިވަނީ ޖޭޕީންނެވެ. އެގޮތުން ޕާޓީން ޖުމްލަ 1،113 މެންބަރުން ވަނީ ވަކިވެފަ އެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ވަކިވީ 703 މެންބަރުންނާއެކު އެންއެންޕީންނެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ވަކިވީ 595 މެންބަރުންނާއެކު ޑިމޮކްރެޓްސްއިންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved