March 15, 2026
Advertisement
މަޖިލީސް ތަޅުން
މަޖިލީސް ތަޅުން / -

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 4, 2026, 08:05 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަން ނިންމާފައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުގެ ޖަލްސާއެއް/ޖަލްސާތަކެއް ބާއްވައިދުމުނަށް އެދި ހުށަހެޅުމެއް ލިބިފައިވާތީ 5 ޖަނަވަރި 2026 (މާދަމާ) އެފަދަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްދައުރުން ބޭރުން ބާއްވާކަން އެންގި ނަމަވެސް އަދި ޖަލްސާގެ އެޖެންޑާ ހާމަކޮށްފައިނުވެއެވެ. މެމްބަރުންނަށް ފޮނުވި މެސެޖުގައި މަޖިލިސް އިދާރާއިން ބުނެފައިވަނީ ޖަލްސާގެ އެޖެންޑާ މެންބަރުންނާއި ފަހުން ހިއްސާކުރާނެ ކަމަށެވެ.

މި ނޫހަށް މުތަބަރުކޮށް މައުލުމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހޮވާ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ހޮވާ އިންތިޚާބު އެކުގައި ކުރިއަށްގެންދަން ޤާނޫނުއަސާސީއަށް ގެންނަން އިސްލާޙުގެ ބިލުގެ މަސައްކަތް ކުރަންށެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައި މިވަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 3، ގައި ދައުރު ނިންމާ މިވަގުތު ޗުއްޓީގައި އޮތް މަޖިލިސް ޗުއްޓީ ނިންމައި މަޖިލީހުން ދެން ދައުރުގެ ތެރެއިން ޖަލްސާއެއް ބާއްވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ދުވަހަކު ރައީސް މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން ވެސް އޮންނާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved